ގައުމީ ޓީމުގެ ވައިސް ކެޕްޓަން ބޭންޑް ޝާފީ އަށް

ގައުމީ ޓީމުގެ ޑިފެންޑަރ އަދި ވައިސް ކެޕްޓަން ޝާފިއު އަހުމަދު | ފޮޓޯ:އަހުމަދު ޝުރާއު / އަވަސް
ގައުމީ ޓީމުގެ ޑިފެންޑަރ އަދި ވައިސް ކެޕްޓަން ޝާފިއު އަހުމަދު | ފޮޓޯ:އަހުމަދު ޝުރާއު / އަވަސް

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް މާދަމާރޭ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުގައި ރާއްޖޭގެ ކެޕްޓަނަކަށް ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ހަމަޖައްސިއިރު، ވައިސް ކެޕްޓަނަކަށް ކްލަބް ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ހަމަޖައްސައިފި އެވެ.

<

މި މެޗަށް އާ ކެޕްޓަނެއް ނެގީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަނިޔާގެ ސަބަބުން ޓީމުގައި ނުހިމެނޭތީ އަދި ވައިސް ކެޕްޓަން އިމްރާން މުހައްމަދު ރިޓަޔާކޮށްފައިވާތީ އެވެ.

ކްލަބް ވެލެންސިޔާގެ ކެޕްޓަންގެ ގޮތުގައި ޝާފީ ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމަށް އެފްއޭކަޕް ކާމިޔާބުކޮށްދީފަ އެވެ. މި ކާމިޔާބީއާއިއެކު ވެލެންސިޔާއަށް މި އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފް ކުޅުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ. ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ބ. އޭދަފުއްޓަށް އުފަން ޝާފީ އަކީ ރާއްޖޭގައި އުފެދުނު މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

އަލީ ފާސިރު އަދި ހަމްޒާ މުހައްމަދު. މި 2 ކުޅުންތެރިންވެސް ވަނީ މާދަމާރޭގެ މެޗަށްނެގި ސްކޮޑްގައި ހިމަނާފައި
އަލީ ފާސިރު އަދި ހަމްޒާ މުހައްމަދު. މި 2 ކުޅުންތެރިންވެސް ވަނީ މާދަމާރޭގެ މެޗަށްނެގި ސްކޮޑްގައި ހިމަނާފައި

ފަލަސްތީނާ ދެކޮޅަށް މާދަމާރޭ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި އޭދަފުށީގެ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ޝާފީގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ފާސިރު (ސެންޓޭ) އަދި އަރަމުން އަންނަ ޒުވާން ހުނަރުވެރި ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މި ތިން ކުޅުންތެރިންނަކީ މީގެ ކުރިންވެސް ގަވައިދުން ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ޖާގަ ހޯދަމުން އަންނަ ތިން ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.