ދިގަލި ރިސޯޓުގެ އޯޕަންޑޭ މާދަމާ ދަރަވަންދޫގައި

ރ. ދިގަލީ ހަދާ ރިސޯޓްގެ ވިލާއެއް: އަންނަ މޭ އެކެއްގައި ހުޅުވާ މި ރިސޯޓުގެ އޯޕަންޑޭ އެއް މާދަމާ ބ. އަތޮޅުގައި އޮންނާނެ. ފޮޓޯ.--- ޔުނިވާސަލް އެންޓަޕްރައިސަސް.
ރ. ދިގަލީ ހަދާ ރިސޯޓްގެ ވިލާއެއް: އަންނަ މޭ އެކެއްގައި ހުޅުވާ މި ރިސޯޓުގެ އޯޕަންޑޭ އެއް މާދަމާ ބ. އަތޮޅުގައި އޮންނާނެ. ފޮޓޯ.— ޔުނިވާސަލް އެންޓަޕްރައިސަސް.

ރ. ދިގަލީގައި އަންނަ މޭމަހު ހުޅުވަން ތައްޔާރުވަމުން އަންނަ ފަސް ތަރީގެ ރިސޯޓުގެ އެކި ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން އޯޕަންޑޭ އެއް މާދަމާ ބ. އަތޮޅުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

“ދިގަލި މޯލްޑިވްސް” ގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ މީހުންގެ “އޯޕަން ޑޭ” އޮންނާނީ މާދަމާ ދަރަވަންދޫ ސްކޫލުގަ އެވެ.

އެ ރިސޯޓުން ބުނިގޮތުގައި މުވައްޒަފުން ހޯދުމަށް ހަމަޖެހިފައި ވަނީ ވެއިޓަރުންނާއި ރޫމްބޯއިން އާއި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނާއި ގެސްޓް ސާވިސް ޓީމަށް ކަމަށެވެ. އޭގެ އިތުރުން އެސިސްޓެންޓް ފައިނޭންޝަލް ކޮންޓްރޯލާ، އެސިސްޓެންޓް ކްރެޑިޓް ކޮންޓްރޯލާ، އެސިސްޓެންޓް ފްރަންޓް އޮފީސް މެނޭޖަރު، ފްރަންޓް އޮފީސް ސްޕަވައިޒަރު ފަދަ މަގާމުތަކަށް ވެސް މީހުން ހޯދަން ހަމަޖެހިފައިވާ ކަމަށް އެ ރިސޯޓުން ބުނެއެވެ.

ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ، ޔުނިވަސަލް އެންޓަޕްރައިސަސްގެ ދިގަލި ރިސޯޓުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް ހިލޭ ވައިފައި އާއި ސިއްހަތަށް ފައިދާ ހުރި ކާނާ އާއި ހިތްހަމަޖެހޭ ފެންވަރުގެ އެކޮމަޑޭޝަނަކާއި އަ ލާ ކާޓޭ ކޮފީ ޝޮޕެއް އަދި ޖިމް، ޕޫލް، ޓީޓީ، ފުޓުބޯޅަ ކުޅެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރ. މީދޫ ކައިރީގައި އޮންނަ ދިގައްޔަކީ ހިތްގައިމު ފަޅެއް އޮންނަ، ތަފާތު އެކި ކެޓަގަރީތަކުގެ 180 ވިލާ ހިމެނޭ ރިސޯޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.