ބ. އަތޮޅުގެ އެއްވެސް ސްކޫލެއް ބަންދެއް ނުވާނެ

BAEC-2016

މި ހަފުތާގައި ސްކޫލުތައް ބަންދުކުރަން ސަރުކާރުން މިއަދު ނިންމި ނަމަވެސް ބ. އަތޮޅު ސްކޫލުތައް ބަންދު ނުކުރަން ނިންމައިފި އެވެ.

ރޯގާގެ ހާލަތު ބަލައި، މިހަފްތާ ބަންދު ކުރާނީ ބަންދުކުރަން ޖެހޭ ސްކޫލުތަައް އެކަންޏެވެ.

އެނިގައިފައިވާ ގޮތުގައި ބ. އަތޮޅުގެ ސްކޫލުތައް ބަންދު ނުކުރަން ނިންމީ މިއަތޮޅުގައި އެޗް1އެން1 ގެ އެއްވެސް ކޭހެއް ނެތްކަމަށް އެޗްޕީއޭއިން ލަފާދީފައިވާތީ އެވެ.

މާލޭގެ ހުރިހާ ސްކޫލެއްގެ އިތުރުން ކުރިޔަށް އޮތް ތިން ދުވަހުގައި ބަންދުކުރުމަށް ނިންމާފައިވަނީ ރ. އިނގުރައިދޫ ސްކޫލާއި، ރ. އުނގޫފާރު ސްކޫލާއި، ހދ. ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ހދ. އަފީފުއްދީން ސްކޫލެވެ.

ހުމާއި ރޯގާ ފެތުރެމުން ދަނިކޮށް މި ހަފުތާގައި އަލުން ސްކޫލުތައް ހުޅުވި ނަމަވެސް މިއަތޮޅު ގިނަ ސްކޫލުތަކުގައިވެސް ވަރަށް މަދު އަދަދެއްގެ ދަރިވަރުން ނޫނީ ސްކޫލަކަށް ނުދެ އެވެ. އެހެންވެ، ގިނަ ކްލާސްތައް މިއަދުވެސް އޮތީ ފަޅަށެވެ.

އަނެއްކޮޅުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ހިސާބުތައް ދައްކާގޮތުން ހުމުގެ ރޯގާ ޖެހިގެން ބ. އަތޮޅުގެ ރަށްތަކުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. މިއަދު އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުން ހުމާއި ރޯގާ ޖެހިގެން އިއްޔެ އެންމެ ގިނައިން ފަރުވާ ހޯދީ ބ. އަތޮޅުންނެވެ. މިއަތޮޅުން އިއްޔެ 89 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. halee

    B atoll ga hama netheetha h1n1…kudarikilu mee baa atoll rasheh noontha alhe fahe….kudarikilu hama gaimuves 4kudhin h1n1 ah possitive vegen faruvaa dheefi….. rangalhu mauloomaathu hoadhan vejjennu thi HPA akun …kihaa bodukameh….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.