ބީއެމްއެލް އިން ދަރަވަންދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ފަށައިފި

Atm

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. ދަރަވަންދޫގައި އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓްގައި ބީއެމްއެލް އިން ބެހެއްޓީ ސެލްފް ސާވިސް އޭޓީއެމް އެކެވެ. މި ވައްތަރުގެ އޭޓީއެމްތަކުން އާއްމުކޮށް އޭޓީއެމް އިން ކުރާ ބޭނުން ކަމަށްވާ ފައިސާ ނެގުމުގެ އިތުރަށް، ސެލްފް ސާވިސް އޭޓީއެމްތަކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކު ޖަމާކުރުމާއި ޓްރާންސްފަ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ދަރަވަންދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ދަރަވަންދޫ އޭޓީއެމް ސެންޓަރު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އާއި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ.

މި ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް ގެ ޑެޕިޔުޓީ ސީއީއޯ އަދި ޑިރެކްޓާ އޮފް އޮޕަރޭޝަން މުހައްމަދު ޝަރީފް ވިދާޅުވީ، އެންމެ ޒަމާނީ އޭޓިއެމް އަކާއި އެކު ދަރަވަންދޫ ރައްޔިތުންނަށާއި، ވިޔަފާރިތަކަށާާއި، އިގްތިސޯދަށް ފައިދާވާނެ މަގެއް ފަހިކޮށްދެވުނީތީ އުފާ ކުރާކަމަށާއި، މިއަދަކީ ބީއެމްއެލް އިން ކުރިޔަށް ގެންދާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ދުވަހެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ، ދަރަވަންދޫގައި މިއަދު ތައާރަފް ކުރި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ތައާރަފްކުރީ، ބ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމެންޓްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ކަމަށެވެ. މިއީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގެ ހިދުމަތް ފުޅާކޮށް، ބޭންކުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް އިއުލާންކޮށްފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ފެށި ހިދުމަތެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަންނަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.