ގާސިމް މިނިވަން ކުރުމަށް ގޮވާލައި ތުޅާދޫގައި މުޒާހަރާ ކޮށްފި

ގާސިމް މިނިވަން ކުރުމަށ ްގޮވާލައި ތުާޅާދޫގައި މިއަދު ހަވީރު މުޒާހަރާ ކުރަނީ
ގާސިމް މިނިވަން ކުރުމަށ ްގޮވާލައި ތުާޅާދޫގައި މިއަދު ހަވީރު މުޒާހަރާ ކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން، ގާސިމް މިނިވަން ކުރުމަށް ގޮވާލާ ތުޅާދޫގައި މިއަދު ހަވީރު މުޒާހަރާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅުވައިގެން މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރި ކަމަށް ބުނެ ކުރާ ތުހުމަތުގެ ތަހުގީގަށް ގާސިމް ހައްޔަރުކުރީ މިދިޔަ ބުރާސްފަތު ދުވަހުގެ ރެ އެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިއަދު ހަވީރު އެރަށުގައި ބޭއްވި މުޒާހަރާގައި މައިގަނޑު ގޮތެއްގައި މުޒާހަރާގެ ބައިވެރިން އަޑު އުފުލީ ގާސިމު އިބްރާހިމް އިބްރާހިމް ވަގުތުން ދޫކޮށްލުމަށެވެ. އަދި އޭގެ އިތުރުން ސިޔާސީގޮތުން ހައްޔަރުކޮށްފައިތިބި އެންމެހައި ލީޑަރުންނާއި އެހެނިހެން ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރުމަށްވެސް މުޒާހަރާގެ ބައިވެރިން އަޑު އުފުލިކަމަށް އޭނާ ވިދާޅުވި އެވެ.

އަހްމަދު އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މެދު ކެނޑުމެއްނެތި މި ހަރަކާތް (މުޒާހަރާ) ސިލްސިލާ ގޮތެއްގައި އެރަށުގައި ކުރިއަށްގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެން އެބަ ރާވަން މިކަހަލަ ބޮޑު އިހުތިޖާދެއް، މީގެ އިތުރުން ރަށު ފެންވަރުގައި ކޮންމެ ރެއަކުވެސް މިރަށުގައި ގުޅިފައިވާފައިވާ ޕާޓިތަކާއި އާއްމު ރައްޔިތުންނާއެކު ތަފާތު ހަރަކާތްތައް ކުރިއަށްގެންދެވޭނެ،”

ގާސިމް މިނިވަން ކުރުމަށ ްގޮވާލައި ތުާޅާދޫގައި މިއަދު ހަވީރު މުޒާހަރާ ކުރަނީ
ގާސިމް މިނިވަން ކުރުމަށ ްގޮވާލައި ތުާޅާދޫގައި މިއަދު ހަވީރު މުޒާހަރާ ކުރަނީ

ތުޅާދޫގެ އިތުރުން އދ. ފެންފުށި އަދި ޅ. ނައިފަރުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ މިއަދު ހަވީރު ވަނީ މުޒާހަރާކޮށްފަ އެވެ.

ގާސިމާއި އިދިކޮޅު ސިޔާސީ ލީޑަރު މިނިވަން ކުރުމަށް ގޮވާލާފައިވާ ޝިއާރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން، މި މުޒާހަރާތަކުގައި އެ ރައްރަށުގެ ދެ ޖިންސްގެ މީހުން ބައިވެރިވި އެވެ. އަދި ކޮންމެ ރަށަކުންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ސަރުކާރާއި، ދެކޮޅަށް އަޑުއުފުލައި، ރައީސް ޔާމީންގެ އިސްތިއުފާއަށްވެސް ގޮވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.