މާޅޮހު ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ސޮނެވާފުށިން ފަށައިފި

މާޅޮހު ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް އެ ސްކޫލާއި ސޮނެވާފުށި ގުޅިގެން ކުރިއަށްގެންދާ ޕްތޮގްރާމުގެ ތެރެއިން. ފޮޓޯ: ސޮނެވާފުށި

ސޮނެވާފުށި ރިސޯޓާއި މާޅޮހު ސްކޫލް ގުޅިގެން އެސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރުންނަށް ހިންގާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

މާޅޮހު ސްކޫލުގެ ގްރޭޑް 03 އެއްގެ ހުރިހާ ދަރިވަރުން ބައިވެރިވާ މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ މާޅޮހުގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.

މާޅޮހު ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް އެ ސްކޫލާއި ސޮނެވާފުށި ގުޅިގެން ކުރިއަށްގެންދާ ޕްތޮގްރާމުގެ ތެރެއިން. ފޮޓޯ: ސޮނެވާފުށި
މާޅޮހު ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް އެ ސްކޫލާއި ސޮނެވާފުށި ގުޅިގެން ކުރިއަށްގެންދާ ޕްތޮގްރާމުގެ ތެރެއިން. ފޮޓޯ: ސޮނެވާފުށި

ސޮވެވާފުށީ ރިސޯޓުން ބުނިގޮތުގައި މި ޕްރޮގްރާމުގެ މަޤްސަދުތަކުގެ ތެރޭގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ އިތުރުން، ކަނޑާއި މޫދު އަދި ވަށައިގެންވާ ތިމާވެށީގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާކޮށް ހޭލުންތެރިކުރުވުމާއި ކަނޑާއި މޫދުގެ ހަރަކާތްތަކަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުން ހިމެނެ އެވެ.

މާޅޮހު ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް އެ ސްކޫލާއި ސޮނެވާފުށި ގުޅިގެން ކުރިއަށްގެންދާ ޕްތޮގްރާމުގެ ތެރެއިން. ފޮޓޯ: ސޮނެވާފުށި
މާޅޮހު ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް އެ ސްކޫލާއި ސޮނެވާފުށި ގުޅިގެން ކުރިއަށްގެންދާ ޕްތޮގްރާމުގެ ތެރެއިން. ފޮޓޯ: ސޮނެވާފުށި

ސޮނެވާފުށި ރިސޯޓުން ބ. އަތޮޅުގެ ރަށްތަކުގައި ފަތަން ދަސްކޮށްދިނުމުގެ ޕްރާގްރާމްތައް 2014 ވަނަ އަހަރު ފެށިފަހުން މިހާތަނަށް ވަނީ 223 މީހަކަށް ފަތަން ދަސްކޮށްދީ 28 ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީނުކޮށްފަ އެވެ. މިއަހަރު މާޅޮހުގެ އިތުރުން، އިތުރު ފަސް ރަށެއްގައި މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ސޮނެވާފުށީ ރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.