މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން، ފުލުހުން ބ. ކިހާދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދީފިއެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު ކިހާދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ޕްރޮގްރާމުގައި ވަނީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި މަގު ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި އަމަލު ކުރަންވީ މިންގަނޑުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.
ކިހާދޫ ސްކޫލުގެ ގްރޭޑް 8،9 އަދި 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަޢުލޫމާތުދިނީ އޭދަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސާޖަންޓް މުޙައްމަދު މަދީންް އެވެ.