ބ. އަތޮޅުގެ ޕްރިންސިޕަލުންނާ އެޑިޔުކޭޝަން މިނިސްޓަރު ބައްދަލުކުރައްވަނީ

ސްކޫލުތަކުގެ ޕްރިންސިޕަލުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ބައްދަލުވުމުގަިއ ބ. އަތޮޅު ސްކޫލުތަކުގެ ޕްރިންސިޕަލުން. ފޮޓޯ: އެޑިޔުކޭޝަން
ސްކޫލުތަކުގެ ޕްރިންސިޕަލުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ބައްދަލުވުމުގަިއ ބ. އަތޮޅު ސްކޫލުތަކުގެ ޕްރިންސިޕަލުން. ފޮޓޯ: އެޑިޔުކޭޝަން

އަތޮޅުތަކުގެ ސްކޫލުތަކުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންނާ އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު އައިޝަތު ޝިހާމު ބައްދަލު ކުރައްވަން ފައްޓަވައިފި އެވެ.

މިނިސްޓަރު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެއްވުމުގެ ފުރަތަމަ ބުރުގައި މިހަފްތާގެ ކުރީކޮޅު އެކަމަނާ ވަނީ ވ، މ، ލ އަދި ގއ. އަތޮޅުގެ ހުރިހާ ސްކޫލްތަކެއްގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ.

ޕޮލި ޓެކްނިކުގައި ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުންތަކުގެ ތެރެއިން ބ. އަތޮޅު ސްކޫލުތަކުގެ ޕްރިންސިޕަލުންނާ މިނިސްޓަރު ބައްދަލުކުރައްވާނީ މާދަމާ އޮންނަ ސެޝަންގެ ތެރެއިންނެވެ. ބ. އަތޮޅުގެ އިތުރުން ތ. އަތޮޅު އަދި ފުވައްމުލަކު ސްކޫލުތަކުގެ ޕްރިންސިޕަލުން ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގަންނަވާނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލު ކުރެއްވުންތަކުގައި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ސްކޫލްތަކުގެ ވެރިންނާއި ހިއްސާކުރައްވާނެ އެވެ.

ސްކޫލުތަކުގެ ޕްރިންސިޕަލުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ބައްދަލުވުމުގަިއ ބ. އަތޮޅު ސްކޫލުތަކުގެ ޕްރިންސިޕަލުން. ފޮޓޯ: އެޑިޔުކޭޝަން
ސްކޫލުތަކުގެ ޕްރިންސިޕަލުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ބައްދަލުވުމުގަިއ ބ. އަތޮޅު ސްކޫލުތަކުގެ ޕްރިންސިޕަލުން. ފޮޓޯ: އެޑިޔުކޭޝަން

އަދި ސްކޫލުތަކުގެ ދަރިވަރުންގެ ތައުލީމީ ފެންވަރު އިތުރަށް މަތިކުރުމާއި ބެހޭ ގޮތުންނާއި، ސްކޫލުތަކަށް ދިމާވާ ދަތިތަކާބެހޭ ގޮތުން ވާހަކަދެކެވި އެކަންތައްތައް ހައްލު ކުރެވިދާނެ ގޮތްތަކާބެހޭގޮތުންވެސް މަޝްވަރާ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

“މީގެ އިތުރުން ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލްތަކަށް ލިބިފައިވާ ކުރިއެރުންތަކަކީ ކޮބައިތޯ ބައްލަވާލައްވައި، އިތުރަށް މަސައްކަތްކުރަންވީ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ،” އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިޔުކޭޝަނުން ބުނި ގޮތުގައި މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ސްކޫލްތަކަށް ބޭނުންވާ މައުލޫމާތުތައް ޕްރިންސިޕަލުންނަށް ފޯރުކޮށްދެވޭނެ އެވެ. އެގޮތުން، ފައިސާ އާއި މުވައްޒަފުންނާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި، ޓިވެޓް، ދަސްވާރު އަދި ބީޓެކް ފަދަ ޕްރޮގްރާމްތަކުގެ މައުލޫމާތު ކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.