ދޮންފަނުން ކަރަންޓް ކެނޑޭތީ ރައްޔިތުން ރުޅިގަދަވެއްޖެ

ފެނަކް ދޮންފަނު ބްރާންޗު. ކަރަންޓްގ ެމައްސަލައަށް ހައްލެއް ނުލިބޭތީ އެރަށޫ ރައްޔިތުން ތިބީ ރުޅިގަދަވެފައި
ފެނަކް ދޮންފަނު ބްރާންޗު. ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބޭތީ އެރަށު ރައްޔިތުން ތިބީ ރުޅިގަދަވެފައި

އާބާދީގައި 540 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ބ. ދޮންފަނުން މިދިޔަ އަހަރުގެ ރޯދަމަހުން ފެށިގެން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާތީ އެ ރަށުގެ ރައްޔިތުން ރުޅިގަދަ ވެއްޖެ އެވެ.

ދޮންފަނު ކައުންސިލްގެ ރައީސް ހަނީފް އިބްރާހިމް ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން އެރަށުން ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ލިބެމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިގޮތަށް ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ އަގުބޮޑު ބައެއް މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

ހަނީފު ވިދާޅުވި ގޮތުގައި އެރަށު އިންޖީނުގޭގައި ހަ ޖަނަރޭޓަރު ހުންނަ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބޭނުން ކުރެވެނީ ތިން ޖަނަރޭޓަރެވެ. އެއީ 48 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 60 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 80 ކިލޯ ވޯޓުގެ ޖަނަރޭޓަރެކެވެ. އެ ތިން ޖަނަރޭޓަރު އެއްފަހަރާ ބޭނުންކޮށްގެން ނޫނީ މުޅި ރަށަށް ކަރަންޓު ފޯރުކޮށް ނުދެވޭ ކަމަށްވެސް ހަނީފު ވިދާޅުވި އެވެ.

ހަނީފު ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް އޭދަފުށީގައި ހުންނަ ފެނަކަ އޮފީހާއި މަޝްވަރާކުރުމުން ބައެއް ރަށްރަށުގައި ބޭނުންކޮށް ބާވެފައިވާ ޖަނަރޭޓަރެއް އެރަށަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް މާލޭގައި ހުންނަ ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅި ނަމަވެސް އެއްވެސް ޖަވާބެއްވެސް ނުދޭތީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް މިލިބެނީ ރަށްރަށުގައި ބޭނުންކޮށް ބާވެފައިވާ ކޮންޑިޝަން ދަށް ޖަނަރޭޓަރުތައް. އެވެސް މަރާމާތު ކޮށްކޮށްގެންވެސް އެއްވެސް ބޭނުމެއް ނުހިފޭ،” އޭނާ ވިދާޅުވި އެވެ.

ހަނީފް ވިދާޅުވީ ކަރަންޓު ކެނޑޭނެ ސީދާ ވަގުތެއް ނޭނގޭ ކަމަށާއި ކަރަންޓު ކެނޑުމަށްފަހު އެތައް އިރެއްވަންދެންވެސް ކަރަންޓު ނުލިބި ހުންނަ ކަމަށެވެ.

“މީގެ ކުރިން މިއީ ރައްޔިތުންގެ އިންޖީނުގެއެއް ހުރި ރަށެއް. އޭރު މިފަދަ އެއްވެސް މައްސަލައެއް ދިމާނުވޭ. މިތަން ޔޫޓިލިޓީސްއަށް ބަދަލު ކުރި އިރުވެސް ރައްޔިތުންނަަކަށް އެއްވެސް އެއްޗެއްނުދޭ ނުވިތާކަށް 24 ގަޑި އިރު ހަމައަށް ކަރަންޓު ލިބޭ ކަމަަކަށްވެސް ނުވި. އަޅުގަނޑުމެން ތަކުރާރުކޮށް މި މައްސަލަ މާލޭގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ މެއިން ބްރާންޗަށް ހުށަހެޅި ނަމަވެސް އެބޭފުޅުންގެ އެއްވެސް ޖަވާބެއް ނުލިބޭ. އަޅުގަނޑުމެން މި ތިބީ ގޮތް ހުސްވެފައި،” ކުރިއަށް ރޯދަމަސް އޮތް ކަން ފާހަގަކުރައްވާ ރައްޔިތުންނަށް ވާނެ ދަތިތައް ހަނީފް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.