ކެންދޫ ބަނދަރު ހެދުމުގެ ބޮޑު މަޝްރޫއު ނިންމާލައިފި

ކެންދޫ ބަނދަރު މަތީގައި ކުއްޖަކު ބައިސްކަލުގައި މަޑުކޮށްލައިގެން. އެރަށު ބަނދަރު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު  މިހަފްތާ ވަނީ ނިންމާލާފައި. ފޮޓޯ: ސިފާހު ސައީދު
ކެންދޫ ބަނދަރު މަތީގައި ކުއްޖަކު ބައިސްކަލުގައި މަޑުކޮށްލައިގެން. އެރަށު ބަނދަރު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު މިހަފްތާ ވަނީ ނިންމާލާފައި. ފޮޓޯ: ސިފާހު ސައީދު

ބ. ކެންދޫ ބަދަރު ތަރައްގީ ކުރުމަށް ސަރުކާރުން ފެށި 29 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއު ނިންމާލައިފި އެވެ.

ސަރުކާރުން އިނގެރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް އިންވެސްޓްމަންޓްގެ އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން 2015 ވަނަ އަހަރުގެ ފަހުކޮޅު ފެށި މަޝްރޫއުގެ ދަށުން އެ ރަށުގައިވަނީ 580 ފޫޓް ދިގު އަދި 180 ފޫޓް ފުޅާ ބަނދަރެއް ހަދައިފަ އެވެ.

އޭގެ އިތުރުން ކުރީގެ ބަނދަރު ތެރެއިން ތިލަވެފައިވާ ސަރަހައްދުތަކާއި އަލަށް ހަދަންފެށި ބަނދަރު ސަރަހައްދު މެދު ދިޔައިން 3.5 މީޓަރަށް ވަނީ ފުންކޮށްފަ އެވެ. އަދި މި ބަނދަރުގައި ވަނީ 145 މީޓަރު ދިގުމިނަށް ބޮޑުހިލައިގެ ރިވެޓްމަންޓު ޖަހައި، ކޮންކްރީޓް ބްލޮކް ބޭނުންކޮށްގެން 262 މީޓަރު ދިގުމިނުގައި އެއްގަމު ތޮއްޓެއްވެސް ލައިފަ އެވެ.

އާބާދީގައި 1200 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކެންދޫ ކައުންސިލްގެ ރައީސް އަބްދުލްޣައްފާރު ގާސިމް “އީޓީ” އާ ވާހަކަދައްކަވަމުން ވިދާޅުވީ އެރަށު ބަނދަރުގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަށް ފަށާފައިވާ ކަމަށެވެ، އަދި އާ ބަނދަރުގެ ސަބަބުން ރައްޔިތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކެންދޫގައި މީގެ ކުރިން ބޭނުންކުރަމުންދިޔަ ބަނދަރު ސުނާމީގައި ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، ބަނދަރު ބޭނުންކުރުމުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ދިޔައީ ކުރިމަތިވަމުންނެވެ. ނަމަވެސް އާ ބަނދަރު ހަދައި މިހާރު ބޭނުންކުރަން ފެށުމުން މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެންދޫ ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލިއިރު އެއްގަމު ތޮއްޓާއި އިންވެގެން 181 މީޓަރު ދިގު 5 މީޓަރު ފުޅާ ޕޭވްމަންޓެއްވެސް ވަނީ ހަދައިފަ އެވެ. އަދި ބަނދަރު ނެރު ބައްތި އާއި ބަނދަރު ސަރަހައްދު ބައްތި ޖެހުންފަދަ މަސައްކަތްތައްވެސް ވަނީ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.