ސިއްހީ ހޭލުންތެރިން އިތުރު ކުރުވުމަށް އެންމެ ރަނގަޅު މަސައްކަތް ކުރާ ހޮސްޕިޓަލަށްް ދޭ އެވޯޑް ބ. އަތޮޅު ހޮސްޕިޓަލަށް ލިބިއްޖެ އެވެ.
ބ. އަތޮޅު ހޮސްޕިޓަލާ މި އެވޯޑު ހަވާލުކޮށްދެއްވީ ދުނިޔޭގެ ސިއްހަތުދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. ބ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު އެވެ.
ސިއްހީ ހޭލުންތެރިން އިތުރު ކުރުވުމަށް އެންމެ ރަނގަޅު މަސައްކަތް ކުރާ ހޮސްޕިޓަލަށްްދޭ އެވޯޑް 2015 ވަނަ އަހަރުވެސް އެ ހޮސްޕިޓަލަށް ލިބުނެވެ.