މާޅޮހުގެ ނަރުދަމާ ނިޒާމް ޑިޒައިންކުރަން ބަޔަކާ ހަވާލުކޮށްފި

މާޅޮހު ނަރުދަމާ ނިޒާމު ޑިޒައިން ކުރުމުގެ މަސައްކަތް ޝާހް ޓެކްނިކަލް ކޮންސަލްޓަންސް ޕްރައިވެޓް ލިމިޓެޑާ މިނިސްޓަރު ތޯރިގް ހަވާލު ކުރައްވަނީ-- ފޮޓޯ: ސަން އޮންލައިން
މާޅޮހު ނަރުދަމާ ނިޒާމު ޑިޒައިން ކުރުމުގެ މަސައްކަތް ޝާހް ޓެކްނިކަލް ކޮންސަލްޓަންސް ޕްރައިވެޓް ލިމިޓެޑާ މިނިސްޓަރު ތޯރިގް ހަވާލު ކުރައްވަނީ– ފޮޓޯ: ސަން އޮންލައިން

ބ. މާޅޮހުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ސާވޭ ކޮށް ޑިޒައިން ކުރުމަށް ޝާހް ޓެކްނިކަލް ކޮންސަލްޓަންސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑް އާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ޝާހް ޓެކްނިކަލް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ގޯތަމް މަހާވިރު ޝާހް އެވެ.

މި މަޝްރޫއުގެ ދަށުން މާޅޮހުގެ އިތުރުން ހއ. މުރައިދޫ އާއި މާރަންދޫ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ ޑިޒައިންއާއި ސާވޭ އެ ކުންފުނިން ތައްޔާރުކުރާނެ އެވެ. އޭގެ ޖުމްލަ އަގަކީ 878،000 ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސާވޭ އަދި ޑިޒައިން މަސައްކަތް ނިމުމާއެކު، އަމަލީ މަސައްކަތްކުރުމަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މި މަޝްރޫއުގެ ޑިޒައިން މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި މަޝްރޫއުގެ އިތުރުން އޭދަފުށީގައި ބޯފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތްވެސް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެ މަޝްރޫގެ ދަށުން މިރަށުގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.