ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވް ކޮންސެޕްޓް މުޅި ރާއްޖެއަށް ފުޅާކުރަނީ

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ. ިހާރު ސަރުކާރުން މަސައްކަތްކުރަމުން ދަނީ މުޅި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހަދަން.
ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ. ިހާރު ސަރުކާރުން މަސައްކަތްކުރަމުން ދަނީ މުޅި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހަދަން.

ބ. އަތޮޅުގައި ގާއިމްކޮށްފައިވާ ޔުނެސްކޯ ބައޮސްފިއާ ރިޒާވްގެ ކޮންސެޕްޓަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ފައިދާތަކެއް ކުރަމުން އަންނަ ތަނެއް ކަމަށާއި އެ ކޮންސެޕްޓު މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި، ހޮޓެލްއަޔަ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިއަދު ފެށި ޖީއެމް ފޯރަމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މުޅި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހަދަން ސަރުކާރުން ގަސްދުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ކޮންސެޕްޓު މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިހާރު ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެވެސް ބައޮސްފިއާ ރިޒާވެއްގެ ގޮތުގައި ތަރައްގީ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ބ. އަތޮޅުގެ ބައޮސްފިއާ ރިޒާވްގެ ސަބަބުން ވާ ފައިދާގެ ތަޖުރިބާއަށް ބެލުމަށްފަހު މިހާރު ސަރުކާރުން މަސައްކަތްކުރަމުން ދަނީ މުޅި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހަދަން. މިކަން ވަރަށް އަވަހަށް ތަންފީޒު ކުރެވިގެންދާނެ. ބައޮސްފިއާ ކޮންސެޕްޓަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ކޮންސެޕްޓެއް،” މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް،
އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް،

އެކަން ކުރާ އެންމެ މައިގަނޑު މަގްސަދަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުގެ ދިރުމާއި ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީ ގުޅިލާމެހިފައި ރާއްޖޭގެ ގުދުރަތީ މުދާ ރައްކާތެރިކޮށް ހިމާޔަތް ކުރުމާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހެދުމާ އެކު ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އަދި އެ މަސައްކަތައް އެއްބާރުލުން ދީ އެއްބައިވުމަށް ރާއްޖޭގެ ރިސޯޓުތަކަށް ފުރުސަތު އޮތް ކަމަށް ވިދާޅުވެ އޭނާ ވަނީ ދައުވަތުވެސް އަރުވާފައެވެ.

އެގޮތުން މިހާތަނަށް ރާއްޖޭގައި ހިންގާ 30 ރިސޯޓަކުން ވަނީ ރާއްޖެ ބައޮސްފިއާ ރިޒާވަށް ހެދުމުގެ މަސައްކަތުގައި އެހީތެރިވެދޭނެ ކަން ހާމަކޮށްފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

“މިހާތަނަށް މިމަސައްކަތުގެ ދަށުން ނުވަ ރިސޯޓެއްގެ ސާވޭ މަސައްކަތް ވަނީ ނިމިފަ. އަދި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ވަނީ ކަނޑައެޅިފައި. މި މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުން ލިބެމުން ދަނީ. އެކަމަކު އަދިވެސް މަސައްކަތް އޮތީ ކުރިއަށް. މި މަސައްކަތުގައި ބައިވެރިވުމަށް ހުރިހާ ރިސޯޓުތަކަށް ގޮވާލަން،” .

މިއަދު ހުޅުލޭ އައިލެންޑް ހޮޓަލުގައި ފެށި އެ ފޯރަމަކީ ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ މެނޭޖަރުންގެ ލެވެލްގެ މީހުން އެއްތަނަކަށް ގެނެސް އެ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ މަގްސަދުގައި ބޭއްވި ފޯރަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.