ފައިނަލުން ޖާގައެއް ހޯދަން އޮޅުވެލިފުއްޓާ ދެކޮޅަށް އޭދަފުށި މިއަދު ނިކުންނަނީ

މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ބުރުގައި އޭދަފުއްޓާއި އުނގޫފާރު ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:އުނގޫފާރު.ކޮމް
މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ބުރުގައި އޭދަފުއްޓާއި އުނގޫފާރު ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:އުނގޫފާރު.ކޮމް

މިހާރު ކުރިޔަށްދާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފައިނަލުގެ ފަހު ޖާގަ ހޯދުމަށްޓަކައި އޮޅުވެލިފުއްޓާއި ދެކޮޅަށް އޭދަފުށި މިއަދު ހަވީރު ނިކުންނާނެއެވެ.

ޅ.އޮޅުވެލިފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ފަށާނީ މިއަދު ހަވީރު 3:45 ގައެވެ. މިނިވަަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ބުރުގައި އޭދަފުއްޓާއި އުނގުފާރު ބައްދަލުކުރި މެޗު ނިމުނީ 1-1 އަކުން އެއްވަރުވެގެންނެވެ. އަދި ޒޯން 3 ގެ ދެވަނަ މެޗްގައި އުނގޫފާރާއި އޮޅުވެލިފުށި ބައްދަލުުކުރި މެޗް 0-2 ގެ ނަތިޖާއަކުން ކާމިޔާބުކުރީ އޮޅުވެލިފުށި ފުޓްބޯޅަ ޓީމުންނެވެ. އެހެންކަމުން ފައިނަލުން ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު މިހާރު ވަނީ އުނގޫފާރަށް ގެއްލިފައެވެ. މިއަދުގެ މެޗް އެއްވަރުވެގެން ނިމުނު ކަމަގުއިވިޔަސް އޭދަފުއްޓަށް ފައިނަލުގެ ފަހު ޖާގަ ޔާގީން ވެގެންދާނެއެވެ.

އޮޅުވެލިފުށި ޓީމުގެ ކޯޗް އަބްދުއްރަޝީދު ރަޝާދު ވިދާޅުވީ މި މެޗަށް ނުކުންނާނީ ސީދާ 3 ޕޮއިންޓް ހޯދައި މޮޅުވުމަށް ކަމަށެވެ.

މިއަދު ހަވީރު އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރާ މެޗު ކުޅުމަށް އޭދަފުށި ޓީމު މިއަދު މެންދުރު 1:00 ގަ އޮޅުވެލިފުއްޓަށް ދިޔުމަށްޓަކައި ފުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.