މިނިވަން ޗެމްޕިއަންޝިޕް: ޒޯން3، އޭދަފުށި 1 – 0 އޮޅުވެލިފުށި

18142770_812825592216413_1423732868_n


މި ނަތީޖާއާ އެކު މި ޒޯނުގެ ފައިނަލުގައިވެސް ކުޅޭނީ މި ދެ ޓީމެވެ. ފައިނަލު މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އޮޅުވެލިފުށީ ފުޓްބޯޅަ ދަނޑުގައި


17:49 މެޗުގެ ކުޅުން ނިމިއްޖެ. ފައިނަލް ސްކޯ އަކީ އޭދަފުށި 1-0 އޮޅުވެލިފުށި


17:46 މިހާރު ކުޅެނީ އިތުރު ވަގުތުގެ ކުޅުން. އިތުރު ވަގުތުގެ ގޮތުގައި ދެއްކީ 3 މިނިޓް


17:46 އޭދަފުށީ ޓީމުގެ ސިމައްޓޭ އަށް ރެފްރީ ރީނދޫ ކާޑެއް ދައްކައިފި،


17:41 މެޗުގެ ފޯރި ވަރަށް ގަދަ


17:41 އޮޅުވެލިފުށިން ޖެހި ގޯލު ރެފްރީ ނިންމީ އޮފްސައިޑް ކަމަށް


17:33 ފާއްޓެ ގެ ބަދަލުގައި މަޖިއްޓެ ކުޅެން އަރައިފި


17:31 އޭދަފުށީ ޓީމުގެ ޑިފެންޑަރުސާމީ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި


17:22 އޭދަފުށީ ޓީމަށް ބަދަލެއް. އަހްމަދު ޝިޔާންގެ ބަދަލުގައި އާދަމް ނަސީމް ކުޅެން އަރުވައިފި


17:16 ފާއްޓެ ގޯލަށް ފޮނުވާލި ރީތި ހަމަލާއެއް އަރިމަތި ދަނޑި ކައިރިން ބޭރަށް


17:13 އޮޅުވެލިފުށި ޓީމުން ކުރި ފައުލަކާ ގުޅިގެން އޭދަފުށި ޓީމުގެ ދެ ކުޅުންތެރިއަކަށް ދަނޑުމަތީގައި ފަރުވާދެނީ


17:11 އޮޅުވެލިފުށީން ވަނީ ފުރަތަމަ ހާފަށްވުރެ ކުޅުން ރަނގަޅުކޮށްފައި


17:00 ދެ ވަނަ ހާފްގެ ކުޅުން ފަށައިފި. ފެށީ އޮޅުވެލިފުށިންް.


16:46 ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. އޭދަފުށި 1-0 އޮޅުވެލިފުށި. އޭދަފުށީގެ ލަނޑު މެޗުގެ 10 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަބްދުއްސަލާމް


16:42 އޮޅުވެލިފުށިން ނުރައްކާތެރި ހަމަލާއެއް. ބޯޅަ ނުކުތީ ގޯލުގެ މަތީ ދަނޑިގައި ޖެހިފައި.


16:32 އޭދަފުށީ ޓީމުން އަންނަނީ ލީޑު ފުޅާކުރުމުގެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރަމުން


16:29  އޭދަފުށީ ޓީމުގެ ސަލާމު ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫކާޑު ދައްކައިފި.


16:28 އޮޅުވެލިފުށިން އުފައްދާ ހަމަލާތައް އޭދަފުށީ ޓީމުން އަންނަނީ ދިފާއު ކުރަމުން

 

16:26 ދެ ޓީމުގެ ސަޕޯޓްރުންވެސް ދަނީ ފޯރިއާއެކު ޓީމަށް ހިތްވަރުދެމުން. އޭދަފުށިން ފަންސާހަކަށް ސަޕޯޓަރުން އޮޅުވެލިފުއްޓަށް އައި


16:19 އޮޅުވެލިފުށީ ޓީމުގެ ކުޅުންތެރިއަކަށް ފައުލުކޮށްގެން އޭދަފުށީ ޓީމުގެ ކުޅުންތެރިއަކަށް ރީނދޫކާޑު ދައްކައިފި


16:15 ފުރަތަމަ ފަނަރަ މިނިޓްގެ ކުޅުން ނިމުނުއިރު އޭދަފުށިން އަންނަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ކުޅެމުން


16:09 މިހާރު ސްކޯ އަކީ އޭދަފުށި 1-0 އޮޅުވެލިފުށި، ލަނޑު ޖަހައިދިނީ އަބްދުއްސަލާމް


16:07 އޭދަފުށިން ލީޑު ނަގައިފި.


16:03 އޭދަފުއްޓަށް ލަނޑެއްޖަހަން ލިބުނު  ފުރުސަތުގެ ބޭނުމެއް ނުހިފުނު


18155402_812782488887390_832807872_n (1)

15:58 އޭދަފުށިން މެޗު ފަށައިފި.


15:55 ތިން ޓީމު ވާދަކުރާ މުބާރާތުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި އޮޅުވެލިފުށި އޮތީ 3 ޕޮއިންޓާއެކުއެވެ. 1 ޕޮއިންޓާއެކު އޭދަފުށި ދެވަނާގައި އޮތް އިރު އެއް ޕޮއިންޓާއެކު ފައިދާ ގޯލްގެ ތަފާތުން އުނގޫފާރު އޮތީ 3 ވަނައި ގައެވެ.
މި މެޗުން އޭދަފުށި ޓީމް މޮޅުވިޔަސް ނުވަތަ ޑްރޯއަކުންވެސް ފައިނަލަށް ދާނެއެވެ. ބަލިވެއްޖެނަމަ ފައިނަލަށް ދާނީ 2 ގޯލަށްވުރެ މަދު އަދަދަކުން ބަލިވެއްޖެނަމަ އެވެ.


15:54 މިނިވަން ޗެންޕިއަންޝިޕް (ޒޯން 3 ގައި) އޭދަފުއްޓާއި، އޮޅުވެލިފުށި ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

އޮޅުވެލިފުށި ދަނޑުން ރާއިފް ޔޫސުފް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.