ސެމްސަންގްގެ އެންމެ ފަހުގެ ފޯނު މޭ 5 ގައި ދިރާގުން ވިއްކަން ފަށަނީ

ސެމްސަންގުން އެންމެ ފަހުން ނެރުނު /ފޯނު މިއަދު ދައްކާލަނީ. ފޮޓޯ/ދިރާގު
ސެމްސަންގުން އެންމެ ފަހުން ނެރުނު /ފޯނު މިއަދު ދައްކާލަނީ. ފޮޓޯ/ދިރާގު

މަޝްހޫރު ޓެކް ކުންފުނި ކަމަށްވާ ”ސެމްސަންގް“ގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފްލެގްޝިޕް ފޯނު ކަމަށްވާ ގެލެކްސީ ”އެސް8“ސީރީޒްގެ ފޯނުތައް ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޓެލެކޮމް ކުންފުނި ދިރާގުން ދައްކާލައިފިއެވެ.

މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައި ސެމްސަންގްގެ އާ ފްލެގްޝިޕް ފޯނުތައް ދައްކާލާފައިވާއިރު އެ ފޯނުތަކަށް ޕްރީ އޯޑަރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕްރީ އޯޑަރުކުރުމުގެ ފުރުސަތު ހުޅުވާލިއިރު އެ ފޯނުތައް އެންމެ ފުރަތަމަ ލިބޭނީ އެ ފަރާތްތަކަށެވެ. އަދި ޕްރީ އޯޑަރު ކުރުމުގެ މުއްދަތު މިރޭ 12 އަށްފަހު ހަމަވާނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

ދެ ވޭރިއެންޓްގެ ސެމްސަންގް ފޯނުތައް މާކެޓަށް ނެރޭއިރު އެންމެ ފުރަތަމަ ފަރާތްތަކަށް އަންނަ މަހުގެ ފަހެއްގައި ދިރާގުން ފޯނު ދޫކުރަން ފަށާނެއެވެ.

ސެމްސަންގުން އެންމެ ފަހުން ނެރުނު /ފޯނު މިއަދު ދައްކާލަނީ. ފޮޓޯ/ދިރާގު
ސެމްސަންގުން އެންމެ ފަހުން ނެރުނު /ފޯނު މިއަދު ދައްކާލަނީ. ފޮޓޯ/ދިރާގު

ސެމްސަންގެ ފޯނުތައް ރެޖީސްޓްރީކުރުމުގެ ފުރުސަތު ރޭގައި ހުޅުވާލާފައިވާއިރު ގެލެކްސީ އެސް8 ފޯނު ދިރާގުން ވިއްކާނީ 13،499 ރުފިޔާއަށެވެ. އަދި އެސް8 ޕްލަސް ފޯނު ދިރާގުން ވިއްކާނީ 15،499 ރުފިޔާއަށެވެ.

މިފަހަރުވެސް އެސް8ގެ ދެ ވޭރިއެންޓް އެއް އާންމުކުރިނަމަވެސް އާދައިގެ ސްކްރީން ފޯނެއް ހިމަނާފައެއް ނުވެއެވެ. އެގޮތުން އެސް8 އާއި އެސް8 ޕްލަސް ދެ ފޯނަކީވެސް ކާވްޑް ސްކްރީން އިން ދެ ފޯނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ސެމްސަންގް އިން އެކުންފުނީގެ ހުރިހާ ފޯނުތަކެއް ކާވްޑް ސްކްރީންގެ ގޮތުގައި ހިމެނުން އެކަށީގެންވާ ކަމަށް ބެލެވެއެވެ.

ނަމަވެސް އެހާ ހިސާބުން އެ ފޯނުތަކަށް އައިސްފައިވާ ބަދަލުތައް ނިމުނީއެއް ނޫނެވެ. ސްކްރީން ޓު ބޮޑީ ރޭޝިއޯ ބަދަލުކޮށް ކުޑަ ބެޒެލްއަކާއެކު ބޮޑު ޑިސްޕްލޭއެއް ބޭންދުމަށްޓަކައި ފޯނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެއީ ސެމްސަންގްގެ ހުރިހާ ފޯނުތަކެއް ކަހަލަ ގޮތަށް ހިމަނާފައިވާ ނެވިގޭޝަން ބަޓަންތައް އުނިކުރުމެވެ. އެއީ ފޯނުގައި ހިމެނޭ ހުސް ސަރަހައްދު ކުޑަކޮށް، ވަރުގަދަ ސްކްރީނެއް ގެނައުމަށް ކުރި ކަމެކެވެ.

ކުރިން ހޯމް ބަޓަންގައި އިން ފިންގަޕްރިންޓް ސެންސަރު މިހާރު އިންނާނީ ފޯނުގެ ފަހަތުގައި އިންނަ ކެމެރާ ކައިރީގައެވެ.

ފޯނުގައި އަލަށް ކުރި އެއް އިތުރަކީ އާ ބަޓަން އެކެވެ. ނަމަވެސް އެއީ ސެމްސަންގްއަށް މުޅިން އާ ހިދުމަތެއް ފޯރުކޮށްދިނުމަށް އުފެއްދި ބަޓަން އެކެވެ. އެ ބަޓަންއާ އެކު ސެމްސަންގް އިން ވަނީ މުޅިން އާ ޕާސަނަލް އެސިސްޓެންޓް އެއް ތައާރަފުކޮށްފައެވެ. ”ބިކްސްބީ“ ނަމަކަށް ކިޔާ އެ ޕާސަނަލް އެސިސްޓަންޓްއަކީ ސެމްސަންގްގެ ހުރިހާ ފީޗާސްތަކަށް ވަރަށް ފުރިހަމައަށް އިންޓަގްރޭޓް ކުރެވިފައިވާ ހިދުމަތެއް ކަމަށް ސެމްސަންގް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.