ރާއްޖޭގެ އެންމެ ރަނގަޅު ހޮޓެލްގެ މަގާމު ސޮނެވާފުއްޓަށް ލިބިއްޖެ

ސޮނެވާފުށި ރިސޯޓް
ސޮނެވާފުށި ރިސޯޓް

ރާއްޖޭގެ އެންމެ ކަމުދާ ހޮޓެލްގެ އެވޯޑު، ބ. އަތޮޅުގައި ހިންގާ ސޮނެވާފުށި ރިސޯޓަށް ލިބިއްޖެއެވެ.

މި އެވޯޑު ލިބުނީ، އެމެރިކާގެ މަޝްހޫރު ޓޫރިޒަމް މަޖައްލާ “ކޮންޑެނާސްޓް ޓްރެވެލާ”ގެ ޗައިނާގެ އަދަދުން މިދިޔަ ހަފުތާގައި ހޮވި “ރަން ވަނަތައް 2017” ގެ ލިސްޓުންނެވެ. މި އެވޯޑު ލިބުނީ ޗައިނާގެ ފަތުރުވެރިންގެ ފީޑުބެކް އަށް ބަލައިފައެވެ.

ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން ދާދި ފަހުން މަދުވެފައިވާ ނަމަވެސް، ޗައިނާއަކީ އަދިވެސް ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓް މާކެޓެވެ. އެ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޗައިނާގެ 324،326 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ ރާއްޖެ އައި ހުރިހާ ޓޫރިސްޓުންނަށް ބަލާއިރު، 25.2 ޕަސެންޓެވެ.

Aerial drone of beautiful villa at Soneva Fushi from Sphere Estates on Vimeo.

ސޮނެވާފުއްޓަކީ ޔުނެސްކޯއިން ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ބަޔޯސްފިއާ ރިޒާވްގައި ހިންގާ ކާމިޔާބު ރިސޯޓެކެވެ. އެ ރިސޯޓުގައި 57 ބީޗް ވިލާ ހިމެނެއެވެ. އެއީ އެއް ކޮޓަރިން ފެށިގެން 9 ކޮޓަރި ހިމެނޭ ވިލާތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.