ދިރާގު ޓީވީގެ ހިދުމަތް ޖޯއިބޮކްސްއާ އެކު ތައާރަފްކޮށްފި

ދިރާގު ޓީވީއާ ބެހޭ ގޮތުން ކޮންޓެންޓް މެނޭޖަރު ޖިނާން ނިޔާޒް (ވ) ނޫސްވެރިންނަށް ދައްކާލަނީ. ފޮޓޯ: ދިރާގު
ދިރާގު ޓީވީއާ ބެހޭ ގޮތުން ކޮންޓެންޓް މެނޭޖަރު ޖިނާން ނިޔާޒް (ވ) ނޫސްވެރިންނަށް ދައްކާލަނީ. ފޮޓޯ: ދިރާގު

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިރާގު ޓީވީގެ ހިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް ރޭ ދޭން ފަށައިފި އެވެ.

ދިރާގަކީ އައިޕީޓީވީ ގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅިރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏެވެ.

އައިޕީޓީވީ އަކީ އިންޓަޏެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްނޮލޮޖީއެކެވެ.

ދިރާގު ގެ ހެޑް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގު ޓީވީގެ ހިދުމަތަށް އެދޭ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހާއްސަ އޮފަރ އެއްގެ ގޮތުން 1 އަހަރުދުވަހުގެ ސަބްސްކްރިޕްޝަން ފީއާއި ޖޯއި ބޮކްސް އަދި ގުޅައިދިނުން މުޅިން ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް ޔޫސޭޖް އެލަވަންސަށ އަސަރުނުކުރުމުގެ އިތުރުން އިންޓަރނެޓްގެ އިތުރު ހަރަދެއް ނުހިނގާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

ދިރާގު ޓީވީއާ ބެހޭ ގޮތުން ޑިރެކްޓަރު ބިޒްނަސް ޑިވެލޮޕްމަންޓް މައުމޫން (މ) އާއި އެހެން ބައެއް ވެރިން ނޫސްވެރިންނާ ވާހަކަދައްކަވަނީ
ދިރާގު ޓީވީއާ ބެހޭ ގޮތުން ޑިރެކްޓަރު ބިޒްނަސް ޑިވެލޮޕްމަންޓް މައުމޫން (މ) އާއި އެހެން ބައެއް ވެރިން ނޫސްވެރިންނާ ވާހަކަދައްކަވަނީ

ދިރާގުގެ ޑިރެކްޓަ ބިޒްނަސް ޑިވެލޮޕްމަންޓް އަހްމަދު މައުމޫނު ވިދާޅުވީ ބްރޯޑްކާސްޓިންގް ކޮމިޝަނާއެކު ކަސްޓަމުރުންނަށް ވީހާވެސް ލުއި އަގެއްގައި ގިނަ ޗެނެލްތަކެއް ލިބޭނެ ބޭސިކް ޕެކޭޖެއް ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ވެސް ބެލުންތެރިން ޝައުގުވެރިވާނެ ފަދަ މުނިފޫހިފިލުވުމާއި މައުލޫމާތުގެ ޗެނެލްތަކާއި، ވީޑިއޯ އޮން ޑިމާންޑް އާއި ވަގުތުން ފައިސާދައްކައިގެން ބަލާ ޕޭ ޕަރ ވިޔު ފިލްމާއި ޕްރޮގްރާމްތަކާއި ކެޗްއަޕް ޓީވީގެ ހިދުމަތްވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ތައާރަފް ކުރެވޭނެ ކަމަށް މައުމޫނު ވިދާޅުވި އެވެ.

ދިރާގު ޓީވީގެ ހިދުމަތުގައި މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭ.އެކްސް.އެން، ޓެން ސްޕޯޓްސް، ސޮނީ އީއެސް.ޕީ.އެން، ލައިފްޓައިމް، ހިސްޓަރީ ޗެނެލް، ބީބީސީ އާރތް ހިމެނެއެވެ. މީގެ އިތުރުން ވެސް ބައިނަލްއަޤްވާމީ އެތައް ޗެނެލްއެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ދިރާގު ޓީވީން ބެލޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.