ފައިނަލް މެޗަށް ދާން ސަޕޯޓަރުންނަށް ހާއްސަ ދަތުރުތަކެއް

މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗުގައި އޭދަފުށީ ސަޕޯޓަރުން ޓީމަށް ތަރުހީބުދެނީ. މާދަމާ އޮންނަ ފައިނަލު މެޗަށް ސަޕޯޓަރުން ގެންދިއުމަށް ހާއްސަ ދަތުރުތަކެއް ދަނީ އިންތިޒާމުކުރަމުން
މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗުގައި އޭދަފުށީ ސަޕޯޓަރުން ޓީމަށް ތަރުހީބުދެނީ. މާދަމާ އޮންނަ ފައިނަލު މެޗަށް ސަޕޯޓަރުން ގެންދިއުމަށް ހާއްސަ ދަތުރުތަކެއް ދަނީ އިންތިޒާމުކުރަމުން

މިނިވަން ޗެމްޕިއަންޝިޕް ޒޯން 3ގެ ފައިނަލު މެޗުގައި އޭދަފުށީ ފުޓްބޯޅަ ޓީމަށް ސަޕޯޓް ކުރުމަށް އޮޅުވެލިފުއްޓަށް ދިއުމަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިފި އެވެ.

އެގޮތުން ބައެއް ލޯންޗުތަކުގެ އިތުރުން ނިޔާމަ ބޯޓުން، ޓިކެޓް ވިއްކައިގެން މާދަމާގެ މެޗަށް ސަޕޯޓަރުން ގެންދިއުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މިދަތުރު އިންތިޒާމްކުރުމުގައި އިސްކޮށްއުޅޭ އަހްމަދު ނާޞިރު ބުނިގޮތުގައި ނިޔާމަ ބޯޓުން އޮޅުވެލިފުއްޓަށް ދާންބޭނުންވާ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަނީ އެންމް -/50ރ. އަށެވެ.

ޖުމްލަ 116 މީހުންގެ ޖާގައިގެ މިބޯޓްގެ ޓިކެޓް މިހާރުދަނީ ވިއްކަމުންނެވެ. ޓިކެޓް ބޭނުންވާ ފަރާތްތަކުން 7991220 އަށް ގުޅުއްވުން ޓިކެޓް ލިބޭނެ އެވެެ.

ނިޔާމަ ބޯޓުގެ އިތުރުން ޓިކެޓް ވިއްކައިންގެ މާދަމާގެ މެޗަށް އޭދަފުށީ ޓީމުގެ ސަޕޯޓަރުން ގެންދިއުމަށް ބައެއް ލޯންޗު ދަތުރު ތައްވެސް ދަނީ އިންތިޒާމު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.