ފުޑް ސޭފްޓީ އޭޝިއާ (އެފް.އެސް.އޭ) ނުވަތަ އޭޝިއާގައި ކާބޯތަކެތީގެ ރައްކާތެރި ކަމާ ގުޅޭ ގޮތުން ރާއްޖޭގައި 2009 އަހަރުން ފެށިގެން ދޭން ފެށި އެވޯޑު މި ފަހަރު ބ. އަތޮޅުގައި ހިންގާ ޑުސިޓު ތާނީ ރިސޯޓަށް ލިބިއްޖެއެވެ.
މިއީ 2012 ގައި ރިސޯޓު ހުޅުވި ފަހުން އެންމެ މަތިން މާކްސް ލިބުނު ފަހަރެވެ. އެ ގޮތުން މި ފަހަރު ވަނީ 97 ޕަސެންޓް ލިބިފައެވެ.
އަދި މިއީ ރާއްޖޭގެ ރިސޯޓަކަށް މި ރަން ވަނަ ލިބުނު ފުރަތަމަ ފަހަރެވެ.
“މިއީ ވަރަށް ބޮޑު ކާމިޔާބެއް. އަދި މުޅި ޓީމާ މެދު އަޅުގަނޑު ފަހަރުވެރިވަން،” ރިސޯޓުގެ އެގްޒެކެޓިވް ޝެފް، ކެމެރުން ސްޓީލް ވިދާޅުވިއެވެ.
ރިސޯޓުގެ ރެސްޓޯރަންޓްތަކާއި ބާތަކުގެ ކާބޯތަކެތީގެ ފެންވަރު ދަށް ވިޔަ ނުދެން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑުސިތު ތާނީ އަކީ ޔުނެސްކޯއިން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ރިސޯޓެކެވެ. އެ ރިސޯޓުގައި 94 ވިލާ ހުރެއެވެ.