ޒޯން ތިނެއް ފައިނަލް މެޗު: އޭދަފުށި 3-1 އޮޅުވެލިފުށި

އޭދަފުށީ ޓީމުގެ ސަޕޯޓަރުން އުފާފާޅުކުރަނީ.. ފޮޓޯ/ރާއިފް ޔޫސުފް
އޭދަފުށީ ޓީމުގެ ސަޕޯޓަރުން އުފާފާޅުކުރަނީ.. ފޮޓޯ/ރާއިފް ޔޫސުފް

 


ފައިނަލް ސްކޯ އަކީ އޭދަފުށީ 3-1 


މި ނަތިޖާއާއެކު އޭދަފުށީ މިވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޒޯން ޗެމްޕިއަންކަން ހޯދައި މުބާރާތުގެ ފައިނަލް ބުރުން އޭދަފުށި ފުރުސަތު ހޯދައިފި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޒޯން ތިނެއްގެ ތަށި ހޯދީ ނ. އަތޮޅު ޗެމްޕިއަން އޮޅުވެލިފުއްޓާ ވާދަކޮށް މިއަދު ހަވީރު ކުޅުނު ފައިނަލު މެޗު 3-1 އަިން ކާމިޔާބުކޮށްގެންނެވެ.

ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުގެ އަށް ޗެމްޕިއަނުންނެވެ. އެ ބުރުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ފައިނަލް ބުރު ކުޅޭނެ ރަށެއް އަދި އެފްއޭއެމުން ކަނޑަނާޅަ އެވެ.

 


 

17:32 މެޗު ނިމިއްޖެ. ފައިނަލް ސްކޯ އަކީ އޭދަފުށީ 3-1 އޮޅުވެލިފުށި


17:30 އިތުރު ވަގުތުގެ ގޮތުގައި ތިން މިނިޓް


17:24 ސައްޓުގެ ބަދަލުގައި ސިޔާމް ކުޅެން އަރައިފި


17:20 ސާމީ ގޯލް އޭރިޔާ ބޭރުން ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އަތުގަޖެހި ކޯނަރަކަށް ބޭރު


17:18 އޭދަފުށީ ޓީމުގެ ކީޕަރު ހުށިޔާރުކަމާއެކު ޕެނަލްޓީ މަތަކޮށްފި


17:17 އޭދަފުށީ ކުޅުންތެރިއެއްގެ އަތުގަިއ ޖެހުމުން ޕެނަލްޓީއެއް


17:13 އޭދަފުށީގެ ތިން ވަނަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ސައްޓު ކާމިޔާބުކޮށްދީފި.


17:10 އޮޅުވެލި ފުށިން ގޯލް ޖަހައިފި


17:00 އަލީ ޒުބައިރުގެ ބަދަލުގައި އަބްދުއްސަލާމު ކުޅެން އަރައިފި


16:52 އޭދަފުށީ ސަޕޯޓަރުން ވަރަށް ފޯރި ނަގަމުން އެބަދޭ. ދަނޑުގައި ގަދައީ އޭދަފުށީ ސަޕޯޓަރުންގެ އަޑު. 200 އަށްވުރެ ގިނަ ސަޕޯޓަރުން އޭދަފުށިން އައިސް އެބަތިބި

 

18191250_814570515375254_874325959_n


16:46 ދެވަނަ ހާފަށް ނުކުތްއިރު އޭދަފުށިން ވަނީ ބަދަލެއް ގެނެސްފައި، މުހައްމަދު ފާސިރު (ފާއްޓެ) ގެ ބަދަލުގައި ކުޅެން އެރުވީ ޝާހީ މޫސާ


16:44 ދެވަނަ ހާފް އޮޅުވެލިފުށީން ފަށައިފި،


16:32 ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ


16:24 އޭދަފުށީ ޓީމުގެ ކީޕަރު ގިނަ ހަމަލާތަކެއްދަނީ ސޭވަ ކުރަމުން


16:21 އޭދަފުށީ ޓީމުގެ މުހައްމަދު ފާސިރަށް ފައުލުކުރުމުން އޮޅުވެލިފުށީ ޓީމުގެ ކުޅުންތެރިއަކަށް ރީދު ކާޑު ދައްކައިފި


16:19 އޭދަފުށީގެ ދެ ވަނަ ލަނޑާ އެކު ސަޕޯޓަރުންގެ އަޑު ގަދަވާން ފަށައިފި


16:15 އަލީ ޒުބައިރުއަށް ގޯލް ޖަހަން ރަނުގެ ފުރުސަތެއް، އެކަމަކު އޮފް ސައިޑް


16:13 . ދެވަނަ ލަނޑުޖެހީ ސައްޓުއަށް ފައުލުކުރުމުން ލިބުނު ހިލޭ ޖެހުމުން، ސައްޓު ޖެހި ހިލޭޖެހުން ގޮސްވަނީ ގޯލުގެ އަރިމަތީ ކަނަށް


16:12 އޭދަފުށީން ދެވަނަ ލަނޑު ޖަހައިފި


16:11 ސައްޓުއަށް ގޯލް އޭރިއާ ލައިން މަތިން ކުރި ފައުލަކާ ގުޅިގެން ޖެހުމެއް، ވަރަށް ރީއްޗަށް ސައްޓު ނައްޓާފަ ދަނިކޮށް ފައުލުކުރީ


16:09 ދެ ޓީމުގެ ކުޅުންވެސް އަދި ވަރަށް ރަނގަޅު. މެޗުގެ ފޯރި އަންނަނީ ގަދަވަމުން، ދެ ޓީމުގެވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން އައިސް އެބަތިބި


16:05 މިހާރު ސްކޯ އަކީ އޭދަފުށި 1-0 އޮޅުވެލިފުށި

 

18191612_814554275376878_430868691_n


16:02 އޭދަފުށިން ލީޑު ނަގައިފި. ލަނޑު ޖަހައިދިނީ އަބްދުލްމަޖީދު (މަޖިއްޓެ)


15:54 އޮޅުވެލިފުށިން ފޮނުވާލި ނުރައްކާތެރި ހަމާލާއެއް ކީޕަރު މަތަކޮށްފި


15:51 އޭދަފުއްޓަށް ހުސް ފުރުސަތެއް، ސައްޓު ގޯލް އޭރިއާ ތެރެއިން ނަގައިދިން ބޯޅަ އަލީ ޒުބައިރަށް ގޯލަށް އަމާޒުކުރެވޭ ގޮތެއް ނުވި


15:43 އޭދަފުށިން މެޗު ފަށައިފި

އޭދަފުށީ ޓީމުގެ ފުރަތަމަ އެގާރަ ފޮޓޯއަކަށް ހުއްޓިގެން: ފޮޓޯ /ރާއިފް ޔޫސުފް
އޭދަފުށީ ޓީމުގެ ފުރަތަމަ އެގާރަ ފޮޓޯއަކަށް ހުއްޓިގެން: ފޮޓޯ /ރާއިފް ޔޫސުފް

އޮޅުވެލިފުށި ދަނޑުން؛ ރާއިފް ޔޫސުފް

މެޗު ބެލުމަށް އޭދަފުށިން ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އައިސް އެބަތިބި.  އޭދަފުށީގެ ސަޕޯޓަރުން ސަޕޯޓަރުން ވަރަށްގިނަ. ހޯމް މެޗެއް ނަމަވެސް، އޮޅުވެލިފުށީ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން މިއަދު ހޯމް އެޑްވާންޓޭޖް ނުނެގޭނެ.

މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފައިނަލް މެޗުގައި މިއަދު އޭދަފުއްޓާއި އޮޅުވެލިފުށި ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

މިފަހަރުގެ މުބާރާތުގެ ފައިނަލަށް އޭދަފުށި ދަތުރުކުރީ ލިބުނު ހަތަރު ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައެވެ. އޮޅުވެލިފުއްޓަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ މުބާރާތުގައި ދެން ވާދަކުރި އުނގޫފާރުގެ ބަލިކޮށްގެންނެވެ. މިނިވަން ޗެމްޕިއަންޝިޕްގެ މިދިޔަ ދެ އަހަރުގެވެސް ޒޯން ޗެމްޕިއަނުންނަކީ އޭދަފުއްޓެވެ.

ރާއްޖޭގެ ފުރަތަމަ 11: އަފްޒަލް އިބްރާހީމް، މުހައްމަދު ސިމާން، ހުސައިން ސުޖާއު، ހަނީފް އަހްމަދު، އާދަމް މަޖީދު، އަބްދުﷲ މަޖީދު (މަޖިއްޓޭ)، ސާމީ އިބްރާހިމް، އިޝާން އިބްރާހީމް (ސައްޓު)، މުހައްމަދު ފާސިރު (ފާއްޓެ)، ހުސައިން ސިފާހު، އަލީ ޒުބައިރު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.