ޒޯން ތިނެއްގެ ޗެމްޕިއަންކަން މި ފަހަރު ވެސް އޭދަފުއްޓަށް

އޭދަފުށީ ޓީމުގެ ކުޅުންތެރިން ޝީލްޑާއެކު-- ފޮޓޯ: ރާއިފް ޔޫސުފް/އީޓީ
އޭދަފުށީ ޓީމުގެ ކުޅުންތެރިން ޝީލްޑާއެކު– ފޮޓޯ: ރާއިފް ޔޫސުފް/އީޓީ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައި މުބާރާތުގެ ފައިނަލް ބުރުން އޭދަފުށި ފުރުސަތު ހޯދައިފި އެވެ.

ޒޯން ތިނެއްގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އޮޅުވެލިފުއްޓާ ބައްދަލުކޮށް 3-1 ލަނޑުން މޮޅުވެގެންނެވެ.

އޮޅުވެލިފުށީ ދަނޑުގައި ކުޅުނު މި މެޗުގައި އޭދަފުށީ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުލްމަޖީދު (މަޖިއްޓެ) އެވެ. އަދި ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މި ނަތީޖާއާ އެކު އޭދަފުއްޓަށް މި ވަނީ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރުން ފުރުސަތު ލިބިފަ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުގެ އަށް ޗެމްޕިއަނުންނެވެ. އެ ބުރުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ފައިނަލް ބުރުގެ މެޗުތައް ކުޅޭނީ މާލޭގަ އެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ބެހިގެން މިހާރު ކުރިޔަށްދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ އޭދަފުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.