އޭދަފުށީ ޓީމަށް ރަތްދޫލައިގެ މަރުހަބާއެއް

އޭދަފުށީ ޓީމުގެ ކުޅުންތެރިންގެ އާއިލާ މެމްބަރުން ރަސްމީ ފާލަމުގައި ޓީމަށް މަރުހަބާ ކިޔަނީ. --ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
އޭދަފުށީ ޓީމުގެ ކުޅުންތެރިންގެ އާއިލާ މެމްބަރުން ރަސްމީ ފާލަމުގައި ޓީމަށް މަރުހަބާ ކިޔަނީ. –ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދި އޭދަފުށީ ފުޓްބޯޅަ ޓީމު ޗެމްޕިއަން ޝީލްޑާއެކު މިރޭ އޭދަފުއްޓަށް އައުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

ޅ. އަތޮޅުގެ ޗެމްޕިއަން އޮޅުވެލިފުށި އަތުން މިއަދު ހަވީރު މޮޅުވެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ފުޓްބޯޅަ ޓިމުގެ ކުޅުންތެރިން އޭދަފުށީ ރަސްމީ ފާލަމަށް ފޭބުމާއެކު ކުޅުންތެރިންނާއި އޮފިޝަލުންގެ އާއިލާ މެމްބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައި އޮތެވެ. މާބޮޑިތަކުން ކުޅުންތެރިންނަށް މަރުހަބާކީ އިރު، އެ ސަރަހައްދުގައި ގުގުމާލާފައި އޮތީ މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކުރުމާ ގުޅިގެން ހެދި ލަވައިގެ އަޑެވެ.

އޭދަފުށީ ޓީމުގެ ކުޅުންތެރިންގެ އާއިލާ މެމްބަރުން ރަސްމީ ފާލަމުގައި ޓީމަށް މަރުހަބާ ކިޔަނީ. --ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
އޭދަފުށީ ޓީމުގެ ކުޅުންތެރިންގެ އާއިލާ މެމްބަރުން ރަސްމީ ފާލަމުގައި ޓީމަށް މަރުހަބާ ކިޔަނީ. –ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ރަސްމީ ފާލަން ސަރަހައްދުން ޓީމުގެ ކުޅުންތެރިން ދިޔައީ ސަލްސާ އޭދަފުށީ ރެސްޓޯރަންޓަށެވެ. ޓީމުގެ ޝަރަފުގައި ރޭގަނޑުގެ ފަރިއްކޮޅަކާއެކު އެ ތަންވެސް އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.

އޭދަފުށީ ޓީމުގެ މެނޭޖަރު އަބްދުލްމަޖީދު ހަސަން ވިދާޅުވީ މި ކާމިޔާބީ އަކީ އޭދަފުށީގެ ފުޓްބޯޅައަށް އަނެއްކާވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި މިއަދުގެ މެޗަށް ޓީމަށް ޝަޕޯޓަކުރުމަށް އައި ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރާކަމަށެވެ.

މި ނަތީޖާއާ އެކު އޭދަފުއްޓަށް މި ވަނީ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރުން ފުރުސަތު ލިބިފަ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުގެ އަށް ޗެމްޕިއަނުންނެވެ. އެ ބުރުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ފައިނަލް ބުރުގެ މެޗުތައް ކުޅޭނީ މާލޭގަ އެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ބެހިގެން މިހާރު ކުރިޔަށްދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ އޭދަފުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.