ރަވަންދޫގައި ބޭއްވި ރެޑީ ކޭންޕް ނިންމާލައިފި

ދަރަވަންދޫގައި ބޭއްވި 64 ވަނަ ރެޑީ ކޭމްޕް ނިންމުމުގެ ރަސްމީޔާތުގެ ތެރެއިން | ފޮޓޯ:ޕޮލިސް
ދަރަވަންދޫގައި ބޭއްވި 64 ވަނަ ރެޑީ ކޭމްޕް ނިންމުމުގެ ރަސްމީޔާތުގެ ތެރެއިން | ފޮޓޯ:ޕޮލިސް

ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ހިންގާ ރެޑީ ކޭމްޕުގެ ސިލްސިލާގެ ތެރެއިން ބ.ދަރަވަންދޫގައި ހިންގި 64 ވަނަ ރެޑީ ކޭމްޕް ނިންމާލައިފިއެވެ.

މިކަމަށްޓަކައި ބ.އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާދެއްވީ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝަހީމް އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ނަސީރުއެވެ.

މިމަހުގެ 27 ން 29 އަށް ބ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ބ.ދޮންފަނު ސްކޫލާއި ބ.ކިހާދޫ ސްކޫލާއި ބ.އަތޮޅު މަދަރުސާގައި ތަޢުލީމު ހާސިލްކުރަމުންދާ 72 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 41 އަންހެން ދަރިވަރުންނާއި 30 ފިރިހެން ދަރިވަރުންނެވެ.

ދަރަވަންދޫގައި ބޭއްވި 64 ވަނަ ރެޑީ ކޭމްޕް ނިންމުމުގެ ރަސްމީޔާތުގެ ތެރެއިން | ފޮޓޯ:ޕޮލިސް
ދަރަވަންދޫގައި ބޭއްވި 64 ވަނަ ރެޑީ ކޭމްޕް ނިންމުމުގެ ރަސްމީޔާތުގެ ތެރެއިން | ފޮޓޯ:ޕޮލިސް

ފުލުހުން ބުނި ގޮތުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

މިގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ. މިއާއިއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢޫލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތުދީފައިވެއެވެ.

ދަރަވަންދޫގައި ބޭއްވި 64 ވަނަ ރެޑީ ކޭމްޕް ނިންމުމުގެ ރަސްމީޔާތުގެ ތެރެއިން | ފޮޓޯ:ޕޮލިސް
ދަރަވަންދޫގައި ބޭއްވި 64 ވަނަ ރެޑީ ކޭމްޕް ނިންމުމުގެ ރަސްމީޔާތުގެ ތެރެއިން | ފޮޓޯ:ޕޮލިސް

މީގެއިތުރުން މިކޭމްޕްގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީފައިވެއެވެ. މީގެ އިތުރުން އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގައި އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ.

މި ކޭމްޕު ކުރިއަށް ގެންދިޔުމުގައި ބ. ކިހާދޫ ސްކޫލާއި ދޮންފަނު ސްކޫލުގެ އިތުރުން ބ. އަތޮޅު މަދަރުސާއާއި ބެލެނިވެރިންނާއި ބ. ދަރަވަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުން ލިބުނުކަމަށް ފުލުހުންގެ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.