ގޯޑަން ރަމްސޭގެ ރެސްޓޯރަންޓެއް އަމިއްލަ ފުށީގައި ހުޅުވައިފި

އަމިއްލަ ފުށީގައި ހުޅުވި ބްރެޑް ސްޓްރީޓް ކިޗަންގެ ރެސްޓޯރަންޓް: މިއީ ރާއްޖޭގެ ރިސޯޓެއްގައި ހުޅުވި އެ ބްރޭންޑްގެ ފުރަތަމަ ރެސްޓޯރަންޓް. ފޮޓޯ/އަމިއްލަފުށި
އަމިއްލަ ފުށީގައި ހުޅުވި ބްރެޑް ސްޓްރީޓް ކިޗަންގެ ރެސްޓޯރަންޓް: މިއީ ރާއްޖޭގެ ރިސޯޓެއްގައި ހުޅުވި އެ ބްރޭންޑްގެ ފުރަތަމަ ރެސްޓޯރަންޓް. ފޮޓޯ/އަމިއްލަފުށި

ސްޓާ ވޯލްޑުން ދައްކާ “މާސްޓާ ޝެފް” ޝޯ ހުށަހަޅައިދޭ، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޝެފް، އިނގިރޭސި ވިލާތުގެ ގޯޑަން ރަމްސޭ ހިންގާ “ބްރެޑް ސްޓްރީޓް ކިޗަން” ބްރޭންޑްގެ ރެސްޓޯރަންޓެއް ބ. އަތޮޅު އަމިއްލަ ފުށި ރިސޯޓުގައި ހުޅުވައިފި އެވެ.

މިއީ ރާއްޖޭގެ ރިސޯޓެއްގައި މި ބްރޭންޑްގެ ރެސްޓޯރަންޓެއް ހުޅުވި ފުރަތަމަ ފަހަރެވެ.

އަމިއްލަ ފުށި ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ ރިސޯޓުގައި ހުޅުވި މި ރެސްޓޯރަންޓްގައި ބޭރުގެ އެކި ގައުމުތަކުގެ ކެއްކުންތެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން މަޝްހޫރު ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ގެސްޓުންނަށް ލިބޭނެ އެވެ. އަދި އެ ރެސްޓޯރަންޓަކީ އާއިލާ އާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކޮށްލަން އެންމެ އެކަށީގެންވާ ރެސްޓޯރަންޓް ކަމަށް ވެސް ބުނެފައިވެ އެވެ.

އަމިއްލަ ފުށީގައި ހިންގާ ބްރެޑް ސްޓްރީޓް ކިޗަންގެ ޝެފުންތަކެއް
އަމިއްލަ ފުށީގައި ހިންގާ ބްރެޑް ސްޓްރީޓް ކިޗަންގެ ޝެފުންތަކެއް

އަމިއްލަ ފުށީގައި ހުޅުވި ރެސްޓޯރަންޓްގެ ފޮޓޯތަކެއް ބްރެޑް ސްޓްރީޓް ކިޗަންގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ހިމަނައިފަ އެވެ.

އެ ރެސްޓޯރަންޓުން ތާޒާ އެއްގަމު މަހާއި ކަނޑުމަހުގެ ކާނާ އާއި އޭގެ އިތުރުން ތަފާތު މީރު ރަހަތައް އެކުލެވޭ ކެއުންތައް ލިބެން ހުންނާނެ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ގޯޑަން ރަމްސޭގެ ބްރެޑް ސްޓްރީޓް ކިޗަން ބްރޭންޑްގެ ރެސްޓޯރަންޓް ލަންޑަންގެ އިތުރުން ދުބާއީ، ކޮންކޮންގް އަދި ސިންގަޕޫރުގައި ހުޅުވާފައިވެ އެވެ. އެ ގްރޫޕްގެ 14 ކަލެކްޝަންގެ 31 ރެސްޓޯރަންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެ އެވެ.
ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ މީހުން ލަގްޒަރީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

އަމިއްލަ ފުށީގައި ހުޅުވި ބްރެޑް ސްޓްރީޓް ކިޗަންގެ ރެސްޓޯރަންޓް: މިއީ ރާއްޖޭގެ ރިސޯޓެއްގައި ހުޅުވި އެ ބްރޭންޑްގެ ފުރަތަމަ ރެސްޓޯރަންޓް. ފޮޓޯ/އަމިއްލަފުށި
އަމިއްލަ ފުށީގައި ހުޅުވި ބްރެޑް ސްޓްރީޓް ކިޗަންގެ ރެސްޓޯރަންޓް: މިއީ ރާއްޖޭގެ ރިސޯޓެއްގައި ހުޅުވި އެ ބްރޭންޑްގެ ފުރަތަމަ ރެސްޓޯރަންޓް. ފޮޓޯ/އަމިއްލަފުށި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.