މިލަންދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް އެއް ބަހައްޓައިފި

ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް މިލަންދޫގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް މިލަންދޫގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް އޭޓީއެމްއެއް ށ. މިލަންދޫގައި ބަހައްޓައިފި އެވެ.

ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާ ކުރުން އަދި ޗެކު ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމް ހުޅުވައިދެއްވީ ޑިރެކްޓަރު އޮފް ބީއެމްއެލް އިސްލާމިކް ޒުލްގަރްނައިން ބިން ތަމަން އެވެ.

އެ ރަސްމިއްޔާތުގައި ޒުލްގަރްނައިން ވިދާޅުވީ މިލަންދޫގައި ހުޅުވިގެން ދިޔަ އޭޓީއެމް އަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

“އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިން އޭޓީއެމްއަކާއެކު މިލަންދޫގެ އާބާދީއަށް މިހިދުމަތް ފޯރުކޮށްދޭން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް،”

ބީއެމްއެލްއިން ބުނެފައިވަނީ 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި ޒަމާނީ ފެންވަރަށް އިންޓަނެޓް ބޭންކިންގެ ހިދުމަތް ދެމުންދާ ކަމަށް ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.