ބީއެމްއެލް އިންޓަނެޓު ބޭންކިންއަށް އާ ހިދުމަތްތަކެއް ތައާރަފުކޮށްފި

އިންޓަނެޓު ބޭންކިންއަށް ގެނެސްފައިވާ އާ ބަދަލުތަކުގެ މައުލޫމާތު ސީއީއޯ އެންޑްރޫ ހީލީ (ވ) އާއި ޑެޕިއުޓީ ސީއީއޯ ޝަރީފު މިއަދު ދެއްވަނީ
އިންޓަނެޓު ބޭންކިންއަށް ގެނެސްފައިވާ އާ ބަދަލުތަކުގެ މައުލޫމާތު ސީއީއޯ އެންޑްރޫ ހީލީ (ވ) އާއި ޑެޕިއުޓީ ސީއީއޯ ޝަރީފު މިއަދު ދެއްވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް)ގެ އިންޓަނެޓު ބޭންކިންއަށް މުހިންމު އާ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.

އަލަށް ތައާރަފުކުރި ހިދުމަތްތަކުގެ ތެރޭގައި ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ)އަށް ބޭނުންވާ ޑޮކިއުމެންޓްތައް ފޮނުވުމާއި އެކައުންޓް ސްޓޭޓްމަންޓް ބޭންކު ލެޓަހެޑުގައި ނެގުންފަދަ ހިދުމަތްތައް ހިމެނެ އެވެ. އަދި ބޭރަށް ޑޮލަރު ފޮނުވަން ހަދާ ޓީޓީ މުއާމަލާތްތަކަށް ބޭނުންވާ ޑޮކިއުމެންޓްތައް އިންޓަނެޓު ބޭންކިން މެދުވެރިކޮށް ފޮނުވުން ހިމެނެ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ހިދުމަތްތައް މިރެއިން ފެށިގެން ލިބޭނެ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އަލަށް ގެނެސްފައިވާ ބަދަލުތަކާއެކު އިންޓަނެޓު ބޭންކިންގެ ހިދުމަތް ބޭނުންކުރަން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

“ބޭންކުން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުނަށް ދޭ ހިދުމަތް ދުވަހުން ދުވަހަށް ރަނގަޅު ކުރުމަށް. އެކަމަށްޓަކައި ވަރަށް މަސައްކަތް ކުރެވޭނެ. މިގޮތުން ބޭންކަށް ނައިސް ބޭންކުގެ ހިދުމަތް ހޯދުމުގެ މަގު ފުޅާ ކުރުމަކީ ކޮންމެހެން ކުރަން ބޭނުންވާ ކަމެއް،” ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މި ބަދަލުތަކާއެކު ސަޕްލިމެންޓްރީ ކާޑަށް ޕޭމަންޓް ވަކިން ހެދުމުގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އާ ހިދުމަތްތަކެއް އިންޓަނެޓު ބޭންކިންގެ ހިދުމަތަށް ގެނެސްފައިވަނީ ހިދުމަތް ހޯދާ މީހުންގެ ހިޔާލަށް ބެލުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ބޭންކުން ކުރިއަށް ގެންދާ ކޮންމެ 10 ޓްރާންސެކްޝަނުން ނުވަ ޓްރާންސެކްޝަން އަކީ އޮންލައިންކޮށް ކުރާ ޓްރާންސްއެކްޝަނެވެ.

“ކަސްޓަމަރުންގެ ހިޔާލަށް ބެލުމަށްފަހު، މި މުހިންމު ބަދަލު ގެނެވިގެން މިދިޔައީ،” ހީލީ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އިންޓަނެޓު ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާ ކުރަމުންދާއިރު، އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ގިނަ އިންވެސްޓްމަންޓްތަކެއްވެސް ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.