ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޗެންޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާ ހަވާލުކޮށްފި

މި އަހަރުގެ މުބާރާތުގެ ޗެންޕިއަން ފެއިމްސް ޔުނައިޓެޑަށް ފައިސާ ހަވާލުކޮށްދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ ޗެންޕިއަން ޓީމާށައި ރަނަރަޕް ޓީމަށް ފައިސާ ހަވާލުކޮށްފިއެވެ. މި މުބާރާތް މި އަހަރު ކުރިޔަށް ގެންގޮސްފައިވަނީ މާރޗް މަހު 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ސަލްސާ ރިޓްރީޓްގައި ބޭއްވި ކުޑަ ރަސްމީޔާތެެއްގައި 2 ޓީމަށް ވެސް ފައިސާ ހަވާލުކޮށްދެއްވީ ކްލަބް ދަ ބިގިނާރސްގެ ރައީސް އަލީ ޝާފީގްއެވެ.

ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޗެންޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާ ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ޗެންޕިއަން ޓީމަށް 12000 ރުފިޔާ ދިން އިރު ރަނަރަޕް ޓީމަށް ވަނީ 5000 ރުފިޔާ ދީފައެވެ. މި އަހަރު މި މުބާރާތުގެ ޗެންޕިއަންކަން ފެއިމްސް ޔުނައިޓެޑް ހޯދީ މުޅިން އަލަށް ފައިނަލުގައި ވާދަކުރި އިރުމަތި ލަވާރސް 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މިއަހަރު މުބާރާތުގެ ރަނަރަޕް އިރުމަރި ލަވާރސް އަށް ފައިސާ ހަވާލުކޮށްދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއީ ފެއިމްސް ޔުނައިޓެޑުން މި މުބާރާތް ކާމިޔާބުކުރި 2 ވަނަ ފަހަރެވެ. މި މުބާރާތް ބޭއްވި ފުރަތަމަ އަހަރު ޗެންޕިއަންކަން ހޯދާފައިވަނީ ފެއިމްސް ޔުނައިޓެޑެވެ. ޖެހިގެން އައި 2 އަހަރު މި މުބާރާތް ކާމިޔާބުކުރީ ސޮނެވާފުއްޓެވެ. މިއީ ކްލަބް ދަ ބިގިނާރސް އިން މި މުބާރާތް ބޭއްވި 4 ވަނަ އަަަހަރެވެ.

ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޗެންޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާ ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.