މާރެސް ފިރިހެން ވޮލީ މުބާރާތް ޖުލައި މަހު ބާއްވަނީ

އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން އަންނަ ޖުލައިމަހު ބާއްވަން މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (މާރެސް) އިން ނިންމައިފި އެވެ.

މިއީ ބ. އަތޮޅަށް ހުޅުވާލައިގެން އެ ޖަމިއްޔާއިން ބާއްވާ ފިރިހެން ޑިވިޝަންގެ ފުރަތަމަ ވޮލީ މުބާރާތެވެ. އެ ޖަމިއްޔާއިން މިހާތަނަށް އަންހެން ޑިވިޝަންގެ ދެ މުބާރާތް ވަނީ ބާއްވައިފަ އެވެ.

މާރެސް އިން ބުނީ އަންނަ ޖުލައިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ މި މުބާރާތުގެ މަގްސަދަކީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި، ކުުންތެރިންގެ ހުނަރު ރަނގަޅުކުރުމުގެ އިތުރުން އެކުވެރިކަން އާލާ ކުރުން ކަމަށެވެ.

“ނިމިގެން ދިޔަ އަންހެން ޑިވިޝަން މުބާރާތުގައި ލިބުނުފަދަ ތަރުހީބެއް މި މުބާރާތަށް ވެސް ލިބޭނެކަމުގެ ވަރަށްބޮޑު އުންމީދެއް އޮތް،”

މާރެސް ޖަމިއްޔާއިން ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި، އެރަށުގެ ޓީމުތަކަށާއި އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން 9 މުބާރާތެއް ބާއްވާފައެވެ. މި މުބާރާތް ތަކުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާއި ރާއްޖެއިންބޭރުގެ ކުޅުންތެރިން ވެސް ވާދަ ކޮށްފައިވެ އެވެ.

ރަށުފެންވަރުގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި މާރެސް ޖަމިއްޔާ އިން މިހާތަނަށް ދެ ކޯޗިން ކޭމްޕްވެސް ވަނީ އެރަށުގައި ބާއްވާފައެވެ. މި ކޭމްޕްތަކުގައި ކޯޗްކޮށްދީފައިވަނީ ރާއްޖޭންބޭރުގެ ކޯޗުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.