އެމްއާރުޑީސީ އާއެކު ޒިޔަޒަން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފި

ކްލަބް މޯލްޑިވްސް ފިރިހެން ބައިގެ ޗެންޕިއަން ޓްރޮޕީ އެމްއާރުޑީސީ އިން އުފުލާލަނީ

ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި މިރޭ އެމް.ޕީ.އެލް ގެ މައްޗަށް ކުރި ހޯދައި އެމް.އާރު.ޑީ.ސީއާއެކު އޭދަފުއްޓަށް އުފަން ހުނަރުވެރި ގޯލް ކީޕަރު އަބްދުﷲ ޒިޔަޒަން މުބާރާތް ކާމިޔާބުކޮށްފިއެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު 4-4 އިން މެޗު އެއްވަރު ވެފައިވަނިކޮށް ޕެނަލްޓީ ޖަހައިގެން 7-8 އިން އެމްއާރުޑީސީ އިން މުބާރާތް ކާމިޔާބު ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ޒިޔަޒަން އެވެ. މިރޭގެ މެޗުގައި ޒިޔަޒަން ވަނީ އެމް.ޕީ.އެލް ޓީމުން ޖެހި ފަހު ޕެނަލްޓީ މަތަކޮށް އެޓީމަށް ތަށި ކަށަވަރު ކޮށްދީފައެވެ.

މި ސީޒަނަށް ނިއު ރޭޑިއަންޓަށް ބަދަލުވި ޒިޔަޒަން ވަނީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ފައިނަލް މެޗުގައި ޒިޔަޒަންގެ ފަރާތުން މޮޅު ސޭވްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕް އޭދަފުށި ކާމިޔާބު ކުރިއިރުވެސް ޒިޔަޒަން ވަނީ ގޯލުގައި ހުރެ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސ. ފޭދޫގެ މައްޗަށް އޭދަފުށީ ކާމިޔާބު ހޯދިއިރު ފޭދޫ ޓީމުން ޖެހި 2 ޕެނަލްޓީ ޒިޔަޒަން ވަނީ މަތަކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު އޭދަފުށީގައި ބޭއްވި އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޓީ.އެސް.އެމް.އައި.ސީ ޓީމުން ތަށި ނެގީވެސް ފައިނަލުގައި ޒިޔަޒަން މަތަކުރި ތިން ޕެނަލްޓީން މެޗު ކާމިޔާބުކޮށްގެންނެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގައި އެމްއާރުޑީސީ އާއި އެމްއޭސީއެލް ކުޅުނު މެޗްގެ މޭން އޮފް ދަ މެޗް ޓްރޮފީ ޒިޔަޒަން އަށް ދެނީ | ފޮޓޯ:އިމޭޖަސް.އެމް.ވީ

މިދިޔަ އަހަރު އޭދަފުށީ ޓީމުގައި ދެއްކި މޮޅު ކުޅުމާއެކު މިއަހަރު ޒިޔަޒަން ފެނިގެންދަނީ ނިއު ރޭޑިއެންޓުންނެވެ. ޒިޔަޒަން އަކީ މީގެ ކުރިންވެސް އެއްވަނަ ޑިވިޝަނަށް ކުޅެފައިވާ ތަޖުރިބާކާރު ކީޕަރެކެވެ. އަނިޔާގެ ސަބަބުން އެއްވަނަ ޑިވިޝަނުގެ ފުޓްބޯޅައާއި ދުރުގައި ހުރުމަށްފަހު ފަހަކަށް އައިސް ގިނަ މުބާރާތްތަކުގައި ޒިޔަޒަން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޒިޔަޒަންގެ މި ކާމިޔާބީއަށް އީޓީގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.