އޭދަފުށީގައި އޮންނަ ޒުުވާން ގްރޫޕެއް ކަމަށްވާ ބަނަފްސާކަންމަތި (ބީކޭ) ގްރޫޕުން އިންތިޒާމުކޮށްގެން 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އަންނަ ފިތުރު އީދު ބަންދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ބީކޭ އިން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިހާރު ބ.އޭދަފުށީ ރޯޝަނީ މަގު “ފެޝަން ޑިބޭޓް” ފިހާރައިން ލިބެން ހުންނާނެކަމަށާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށްފަހު 23 މެއި ވަނަ ދުވަހުގެ ރޭ 21:00 ގެ ކުރިން ފޯމް އެފަރާތާ ހަވާލުކުރަން ޖެހޭނަކަމަށެވެ.
މި މުބާރާތާ ބެހޭ އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންފުޅުވެލައްވާނަމަ 9966577 ، 9904645 އަށް ގުޅުއްވުމަށް ބީކޭއިން މައުލޫމާތުދެއެވެ.