ބ. އަތޮޅުގެ ދެ ކައުންސިލު ފިޔަވާ، ބާކީ އެއްކޮށް އެމްޑީޕީ އަށް

މިދިޔަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބ. އަތޮޅުގެ ދެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށުކައުންސިލުތަކުގެ މެޖޯރިޓީ އެމްޑީޕީން ނަގައިފި އެވެ.

މިހާތަނަށް ލިބުނު ވަގުތީ ނަތީޖާއިން ދައްކާގޮތުން މިއަތޮޅު ރަށު ކައުންސިލުތަކުގެ 41 ގޮނޑީގެ ތެރެއިން 15 ގޮނޑި ފިޔަވައި އެހެން ހުރިހާ ކައުންސިލެއްގެ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ކާމިޔާބު ކުރެވުނީ އޭގެ ތެރެއިން އެންމެ 9 ގޮނޑި އެވެ. އަނެއް 6 ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ރަށު ކައުންސިލްތަކަށް ވާދަކުރި ކެންޑިޑޭޓުންނެވެ. ބައެއް ފޮށިތަކުގެ ނަތީޖާ އަދިވެސް ނުލިބޭތީ، މި ނަތީޖާ އަށް ބަދަލުއައުން އެކަށީގެންވެ އެވެ.

ވެރިކަން ކުރާ ޕީޕީއެމަށް މިއަތޮޅު ރަށު ކައުންސިލުތަކުގެ ތެރެއިން މެޖޯރިޓީ ނެގުނީ ވެރިރަށް އޭދަފުށިންނާއި ކެންދޫން އެކަންޏެވެ. ދޮންފަނު ފިޔަވައި ދެންހުރި ހުރިހާ ރަށެއްގެ ކައުންސިލުތަކުގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. ދޮންފަނު ކައުންސިލަށް ކުރިމަތިލީ ހުސް އަމިއްލަ ކެންޑިޑޭޓުންނެވެ.

ބ. އަތޮޅު ކައުންސިލަށް އިންތިހާބުވި ކެންޑިޓޭޓުން

ރަށު ކައުންސިލުތަކުގެ ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރި އިރު، މިއަތޮޅު ކައުންސިލުގެ ތިން ގޮނޑި ވެސް ނެގީ އިދިކޮޅު ފަރާތްތަކުންނެވެ. އެމްޑީޕީން އޭދަފުށި ދާއިރާއަށް ކުރިމަތިލެއްވި މަބްރޫކް ނަސީރު އެ ގޮނޑި ދިފާއު ކުރެއްވިއިރު، ތުޅާދޫ ދާއިރާގެ ގޮނޑި ނެގީ އެޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި އަހްމަދު އަފްރާހު އެވެ. އަދި ކެންދޫ ދާއިރާ ކާމިޔާބުކުރީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ޝިފާނާ އެވެ. އަތޮޅު ކައުންސިލުގެ ގޮނޑިތަކުން ޕީޕީއެމަށް މިފަހަރު ލިބުނީ ނާކާމިޔާބީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.