ކެންދޫގައި ފެނުގެ ނިޒާމު ގާއިމުކުރަން ބީލަމަށް ލައިފި

ބ. ކެންދޫ އަންހެނަކު ބަރޯއެއްގައި ފެން އުފުލަނީ. އެރަށުގައި ބޯފެނުގެ ނިޒާމު ގާއިމުކުރަން އިއްޔެ ވަނީ ބީލަމަށް ލާފައި — ފޮޓޯ/ނަސްރުﷲ ސޯލިހު

ބ. ކެންދޫގައި ސާފު ބޯފެނުގެ ނިޒާމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބ. 14 ރަށެއްގައި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ގާއިމު ކުރުމުގެ މަސައްކަތުގެ ޕެކޭޖް 3 ގެ ތިން ރަށުގެ ތެރެއިން ކެންދޫ އާއި ކ. ގާފަރު އަދި ލ. ގަމުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމަ އަށް ހުޅުވާލައިފައިވާ ކަމަށެވެ.

މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1،500ރ.ގެ ފީއެއް ދައްކަން ޖެހެ އެވެ. ފީ ބަލައިގަތުން ޖޫން މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

ފިނޭންސުން ބުނީ އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލިބިފައިވާ ލޯނު އެހީއެއްގެ ދަށުން ހިންގާ މި މަޝްރޫއުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 8000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 28 ދުވަސް ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ ޖުލައި މަހުގެ ތިނެއްގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކެންދޫގައި ބޯފެން މިހާރު ބޭނުންކުރަނީ ތާނގީގައި ފެން ރައްކާކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.