ދިރާގުގެ ފައިބަ ބްރޯޑްބޭންޑް އިންޓަނެޓް ދަރަވަންދޫ އަށް

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން، ބ އަތޮޅު ދަރަވަންދޫގައި ދިރާގުގެ އެންމެ ހަލުވި ބްރޯޑްބޭންޑް އިންޓަރނެޓް ގެ ޚިދުމަތް ކަމަށްވާ ފައިބަރ ބްރޯޑްބޭންޑް ގެ ޙިދުމަތް ދޭން ފަށައިފި އެވެ.

ބ. ދަރަވަންދޫގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ލޯންޗް ކުރީ އެ ރަށުގައި އިއްޔެ ބޭއްވި ވަރަށް ކުލަ ގަދަ އިވެންޓަކުންނެވެ. މިއީ މި އަތޮޅުގައި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ގާއިމް ކުރެވޭ ފުރަތަމަ ފަހަރެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސްއާއި ހަމަޔަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުން ބުނިގޮތުގައި ދަރަވަންދޫގައި މި ނެޓްވޯކް ޤާއިމް ކުރެވިގެންދިޔުމާއިއެކު، ދިރާގުން ފޯރުކޮށްދެމުން ގެންދާ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގެ ހުރިހާ ގެތަކާއި ވިޔަފާރި ތަކަށް މިހާރު ލިބިގެންދާނެއެވެ.

“މިހާރުވެސް ބ. ދަރަވަންދޫ ގިނަ ވިޔަފާރިތަކަކާއި ގެތަކުން މި ހިދުމަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ބޮޑު ތަރުހީބެއް މި ޚިދުމަތަށް އަންނަނީ ލިބެމުން،” ދިރާގުން ބުންޏެވެ.

ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފު ކުރުމުގެ ގޮތުން ދިރާގުން ވަނީ ޚާއްޞަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައެވެ.

އެގޮތުން މި ޕްރޮމޯޝަނުގައި ބ. ދަރަވަންދޫގައި ފައިބަރ ޚިދުމަތައް އެދޭ ފަރާތްތަކަށް، ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދޭނެއެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ޤާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ އަދި ލ. ގަމުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.