އޭދަފުށި 2 ކެޕްޓަނުންގެ ކުރިމަތިލުން، ސެންޓޭއަށް މޮޅެއް

ރޭ ވެލެންސިއާ އާއި ނިއު ބައްދަލުކުރި މެޗްގައި ސެންޓޭ ބޯޅަ ހިފައިގެން ކުރިޔަށްދަނީ | ފޮޓޯ:މުހައްމަދު އަފްރާހް / ސަން.އެމްވީ

އަލީ ފާސިރު (ސެންޓޭ)ގެ ކެޕްޓަން ކަމުގެ ދަށުން ރޭ މާލޭ ލީގުގައި ނިއަރޭޑިއަންޓް ސްޕޯޓްސް ކަލްބާއި، ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗް 0-1 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް މޮޅުވެއްޖެއެވެ.

އުނދަގޫ ހާލަތެއްގައި އޮވެ ހޯދި މޮޅާ އެކު ނިއު ވަނީ 18 ޕޮއިންޓާ ހަމަކޮށް އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތް މާޒިޔާއާ ތިން ޕޮއިންޓަށް ގާތްކޮށްފަ އެވެ. އެކަމަކު ހޯމަ ދުވަހު ވިކްޓަރީ އަތުން މޮޅުވެގެން މާޒިޔާ އަށް އަލުން ހަ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެބައޮތެވެ. އަނެއްކޮޅުން ނިއު ވަނީ ތިން ވަނައިގައި 13 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސްގެ މައްޗަށް ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމު މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ 1-1 އިން ވަނީ އެއްވަރުވެފަ އެވެ. އެންމެ ޕޮއިންޓަކާ އެކު ވެލެންސިއާ ފުލުގައި އޮތްއިރު ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް އެ ޓީމަށް ދެން އޮތީ ހަނި ފުރުސަތެކެވެ.

ރޭ ވެލެންސިއާ އާއި ނިއު ބައްދަލުކުރި މެޗްގައި ޝާފީ ބޯޅަ ހިފައިގެން ކުރިޔަށް ދަނީ | ފޮޓޯ: ވަގުތު.އެމްވީ

މިރޭގެ މެޗުގައި ނިއުގެ ގޯލް ބެލެހެއްޓީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށީ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. ރޭގެ މެޗްގައި ޒިޔަޒަން ވަނީ މުހިންމު ސޭވް ތަކެއްކޮށްފައެވެ ޒިޔަޒަން އަށް ނިއުގެ ގޯލް ބެލެހުއްޓަމަަށް ރޭގެ މެޗުން ފުރުސަތު ލިބުނީ ނިއުގެ އެއް ނަންބަރ ކީޕަރ އިމްރާން މުހައްމަދު އީގަލްސް އާއި ނިއު ބައްދަލުކުރި މެޗް ނިމުމުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެފް.އޭ.އެމް އިން އޭނާ ސަސްޕެންޑް ކުރުމުގެ ސަބަބުންނެވެ.

ރޭގެ މެޗުގައި އޭދަފުއްޓަށް އުފަން ގޯލް ކީޕަރ ޒިޔަޒަން ނިއުގެ ގޯލް ބަލަހައްޓަނީ | ފޮޓޯ:އިމޭޖަސް.އެމްވީ

ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގައި 2 ޓީމްގެވެސް ކެޕްޓަންކަން ކޮށްފައިވަނީ އޭދަފުއްޓަށް އުފަން ކުޅުންތެރިންނެވެ. ވެލެންސިއާ ޓީމުގެ ކެޕްޓަންކަން ޝާފީ އަހުމަދު ކުރިއިރު ނިއުގެ ކެޕްޓަންގެ މަގާމު ރޭ އަދާކޮށްފައިވަނީ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އެވެ.

މި މެޗުގައި ނިއުރޭޑިއަންޓް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެެ. ވެލެންސިއާގެ ދެ ޑިފެންޑަރުންގެ މެދަށް ވަދެ ބޯޅަ އަތުލައި ސެންޓޭ ހުހަށް އަރައި ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

ރޭގެ މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ އާއެކީ ކުރިޔަށްދަނީ | ފޮޓޯ: ވަގުތު.އެމްވީ

މެޗުގެ ފަހުކޮޅު ލީޑު ފުޅާކުރަން ސެންޓޭ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ފުރުސަތުތަކެއް ލިބުނެވެ. ސެންޓޭ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ މި ފަހަރު ވެސް ފައިސަލް މަތަކުރިއިރު، ވެލެންސިއާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ހުހަށް ހުރެ ހަމްޕު ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭ ވެލެންސިއާގެ ޗިންޑާ ޕްރިންސަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އޭނާ އަށް ކާޑު ދެއްކީ ކައުންޓާ އެޓޭކެއްގައި ސެންޓޭ ބޯޅަ ހިފައިގެން ކުރިއަށް ދެމިގަތް ވަގުތު ސެންޓޭ މޫނުމަތީގައި އަތް އަޅައި ވައްޓާލުމުންނެވެ.

ރޭގެ މެޗްގެ މޭން އޮފް ދަ މެޗް އަލީ ފާސިރަށް މޭން އޮފް ދަ މެޗް ފިލާ ހަވާލުކޮށްދެނީ | ފޮޓޯ:އިމޭޖަސް.އެމްވީ

ރޭގެ މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެެއްކި އަލީ ފާސިރު (ސެންޓޭ) އަށެވެ.

ރޭގެ މެޗްގައި ވެލެންސިއާގެ ކެޕްޓަން ޝާފީ ނިއުގެ ކެޕްޓަން ސެންޓޭ ކައިރިން ބޯޅަ އާއެކީ ކުރިޔަށްދަނީ | ފޮޓޯ:އެމްވީފޯރި/ އިސްމާއިލް ތޯރިގް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.