ގޮއިދޫގައި ދެ ސައިކަލުޖެހި އެކްސިޑެންޓެއް ހިނގައިފި

ގޮއިދޫގައި މިއަދު 2 ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލަކަށް ގެއްލުން ވެފައި | އީޓީ ފޮޓޯ:ޒުހުދާ

ބ. ގޮއިދޫގައި ދުއްވާފައިދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ގޮއިދޫން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މިއަދު 11 ޖަހާކަންހާއިރު ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެރަށުގައި އަލަށް ގޯތި ދޫކުރި ސަރަހައްދު ބާރު ސްޕީޑުގަިއ ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން ދުއްވާފައިދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

ގޮއިދޫގައި މިއަދު 2 ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލަކަށް ގެއްލުން ވެފައި | އީޓީ ފޮޓޯ:ޒުހުދާ

“އެތަނުން އެއް ސައިކަލު ވަރަށް ވަރަށް ބާރަށް ދުއްވާފައި ދިޔަކަމަށް ވަނީ. ވަރަށް ދުރުން ބުރެކިވެސް ޖައްސާފަހުރީ. ކޮންޓްރޯލު ނުވެގެން ގޮސް އަނެއް ސައިކަލުގައި ޖެހިފައި ހުރިކަމަށް ބެލެވެނީ،” ގޮއިދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

ގޮއިދޫގައި މިއަދު 2 ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލަކަށް ގެއްލުން ވެފައި | އީޓީ ފޮޓޯ:ޒުހުދާ

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ދެ މީހުންނަށްވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.
އަދި ދެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުންތައްވަނީ ވެފައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.