ބ. ކިހާދޫގެ ކޮންމެ މީހަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ފަސް ކާށި ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ކިހާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވި ގޮތުގައި އެރަށުގެ މާލިއްޔާއިން ބޮޑެތި އަދަދުން ދޭނެ ފައިސާ ނެތްކަމާއި، އެހެންވެ ކައުންސިލުން ނިންމީ ރައްޔިތުންގެ ރުއްގަނޑުން މިފަހަރު ހަދިޔާއެއްގެ ގޮތުގައި ކޮންމެ މީހަކަށް ފަސް ކާށި ދޭށެވެ.
އޭނާ ވިދާޅުވީ ވަކި އުމުރަކަށް ބެލުމެއް ނެތި އެ ރަށުގެ ރަޖިސްޓްރީގައި ހިމެނޭ 475 މީހުންނަށް އެ ހަދިޔާ ލިބޭނެ ކަމަށެވެ.
“ކާށްޓަކީވެސް ރައްޔިތުން ބޭނުންވާނެ އެއްޗެއް ނޫންތޯ، އެމީހަކު ބޭނުން ފަސް ކާށި ހޮވައިގެން ކައުންސިލަށް ދެއްކުމަށްފަހު ގެންދަންވީ”
ކިހާދޫ ކައުންސިލުން ބުނީ ރޯދަމަހުގެ 15 ވަނަ ދުވަހާ ހަމައަށް ރޯދަ ހަދިޔާގެ ގޮތުގައި ކާށި ދޫކުރާނެ ކަމަށެވެ.