ވެސްޓް ވިންގްސްގެ ފަރާތުން ޕީއެސް 4 (ފީފާ17) މުބާރާތެއް ބާއްވަނީ

މިދިޔަ އަހަރު ކުރިޔަށްގެންދިޔަ ޕީއެސް 4 މުބާރާތެއްގެ ތެރެއިން | އީޓީ ފައިލް ފޯޓޯ

އޭދަފުށީގައި މިއަހަރު ހިންގަން ފެށި ޖަމީއްޔާއެއް ކަމަށްވާ ވެސްޓް ވިންގްސް އޭދަފުށި ފަރާތުން މި ފެށޭ ރަމަޟާން މަހު ޕީއެސް 4 (ފީފާ17) މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ބޭނުންފުޅު ވެލައްވާ ފަރާތްތަކުން ވެސްޓް ވިންގްސް އޭދަފުށި އޮފީސް ( މިޔުނިކް / ބ.އޭދަފުށި ) އިން ލިބެން ހުންނާނެއެވެ. އަދި 7740374، 7456989 އަށް ގުޅާލުމުންވެސް ފޯމް ނެގުމުގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށް އެ ކްލަބުގެ ފަރާތުން މައުލޫމާތު ދެއެެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙް އަކީ މިމަހުގެ 31 މެއި 2017 ވާ ދުވަހުގެ ރޭ 22:00 އެވެ.

މި މުބާރާތް ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ 2 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 21 އަހަރުން ދަށާ 21 މަތީގެ އުމުރުފުރާއެވެ. އެ ކްލަބުގެ ފަރާތުން ބުނީ މި މުބާރާތުގައި 2 އުމުުރުފުރާ އިން ޖުމްލަ 64 ކުޅުންތެރިންނަށް ބައިވެރި ވެވޭނެކަމަށެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ފޯމާއެކު ލިބޭ ގަވާއިދުގައި ހުންނާނެކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

މި މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް 3000 ރުފިޔާ އަދި ދެވަނަ އަށް ދާ ފަރާތަކަށް 2000 ލިބޭ އިރު 3 ވަނަ އަށް ދާ ފަރާތަކަށް 1000 ރުފިޔާ ލިބޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މުބާރާތުގެ އެންޓްރީ ފީ އެއްގެ ގޮތުގައި ކޮންމެ ކުޅުންތެރިއެއްގެ އަތުންވެސް 100 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި ގްރޫޕްގެ ފަރާތުން މިދިޔަ އަހަރުވެސް ވަނީ ޕީއެސް 4 (ފީފާ16) ގެ ނަމުގައި މުބާރާތެއް ކުރިޔަށްގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.