ސޮނެވާ އެފް އެންޑް ބީ މުބާރާތް ވެލްނަސް މިކްސް ކާމިޔާބު ކޮށްފި

ޗެންޕިއަން ޓީމް ވެލްނަސް މިކްސް

ސޮނެވާފުށީ ރިސޯޓްގެ އެފް އެންޑް ބީ ޑިޕާޓްމަންޓް ގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ބޭއްވި “ސޮނެވާ އެފް އެންޑް ބީ ފުޓްސަލް ޓޯނަމެންޓް” ވެލްނަސް މިކްސް ކާމިޔާބުކޮށްފި އެވެ.

ވެލްނަސް މިކްސް ޓީމު ޗެމްޕިއަންކަން ހޯދީ ބުރާސްފަތި ދުވަހުގެ ރޭ ފައިނަލުގައި ހާމަނީ ޓީމު 4-3 އިން ބަލިކޮށްފަ އެވެ.

ޗެމްޕިއަން ވެލްނަސް މިކްސް ޓީމަށް ޗެމްޕިއަން ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލް ކީޕަރު ލިންޑަގާޑް އެވެ.

މުވައްޒަފުންގެ މެދުގެ އެކުވެރިކަން އާލާ ކުރުމުގެ ގޮތުން މޭ 18 އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގެ ނިޔަލަށް އެ ރިސޯޓުގެ ފުޓްސަލް ދަނޑުގައި ބޭއްވި މި މުބާރާތުގައި އެފް އެންޑް ބީ އިން ހޮވާލެވުނު 4 ޓީމު ވާދަކުރި އެވެ.

މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ ގޮތުން ސޮނެވާފުށީ ރިސޯޓުގެ އެފް އެންޑް ބީ ޑިޕާޓްމަންޓުން ރާވާ އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. އަދި ސްޓާފުންގެ ފިޓްނަސް ލެވެލް ރަނގަޅުކޮށް ބެހެއްޓުމަށާއި ޓީމު ވޯކެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަކީވެސް މި މުބާރާތުގެ މަގުސަދެކެވެ.

ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ކުރިއަށްދާ މި މުބާރާތަށް އެ ރިސޯޓްގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ސޮނެވާފުށީ ރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.