މާޅޮހު ކައުންސިލަރުންގެ ރޯދަ ހަދިޔާ: މިފަހަރުވެސް ކޮންމެ ގެއަކަށް 5 ކިލޯ ފިޔާ

މިއަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި ބ. މާޅޮހުގެ ކޮންމެ ގެއަކަށް ކައުންސިލަރުން 5 ކިލޯ ފިޔާ ބަހަން ނިންމައިފި އެވެ.

މާޅޮހު ކައުންސިލުގެ ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި މިތަކެތި މިއަހަރު ވެސް ބަހާނީ އެރަށުގެ ހުރިހާ ކައުންސިލަރުންގެ ބައިވެރިވުމާ އެކުއެވެ. މިއީ ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ދެމުންގެންދާ ހަދިޔާއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް މިތަކެތި ފޯރުކޮށްދިނުމުގައި މިއަހަރުވެސް އަމަލީގޮތުން ހަރަކާތްތެރިވާނީ އެރަށުގެ ކައުންސިލަރުންނެވެ. މާޅޮހު ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ ފަސް ކައުންސިލަރުންނެވެ.

“އަޅުގަނޑުމެން ކައުންސިލަރުން މިހަފްތާތެރޭ މިތަކެތި ބަހަން ފަށާނަން. އެހެން ފަހަރު ތަކުގައި ރޯދަމަސް ފެށުމުގެ ކުރިން މި ހަދިޔާ ދެމުން އައި ނަމަވެސް މިިފަހަރު ލަސްވީ ބާޒާރުން ފިޔާ ގަންނަން ނުލިބިގެން،”

އޭނާ ވިދާޅުވި ގޮތުގައި ރަށުގައި މީހުން ދިރިއުޅޭ 100 ގެ އަށް 5 ކިލޯގެ މަގުން 500 ކިލޯގެ ފިޔާ ބަހާނެ އެވެ.

އާބާދީގައި 690 މީހުން ދިރިއުޅޭ މާޅޮހު ކައުންސިލަރުން އެގޮތުން މިދިޔަ ތިން އަހަރު ވެސް ރޯދަމަހާ ދިމާކޮށް ތަފާތު އެހީތައް ފޯރުކޮށްދީފަ އެވެ.

ކައުންސިލަރުން ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭއިރު ބައެއް ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވެސް ދަނީ އެ ދާއިރާގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ތަކެތި ބަހަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.