ކިހަވަށް ރަމަޟާން ފުޓްސަލް ޗެލެންޖް ފަށައިފި

ކިހަވަށް ރަމަޟާން ފުޓްސަލް ޗެލެންޖް ގެ ފުރަތަމަ މެޗް ފެށުމުގެ ކުރިން ދެ ޓީމްގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އަނަންތަރަ ކިހަވަށް ރިސޯޓުގައި ކޮންމެ ރަމަޟާން މަހެއްގައި ބާއްވަމުން އަންނަ ކިހަވަށް ރަމަޟާން ފުޓްސަލް ޖެލެންޖް ރޭ ފަށައިފިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗް ގައި ބައްދަލުކުރީ ޓީމް އޭދަފުއްޓާއި ކަންޑޯއެވެ. މި މެޗް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޓީމް އޭދަފުއްޓެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ އެފް.ސީ ބާޒް އަދި ޓީމް މާހޯރައެވެ. މި މެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭގެ ފުރަތަމަ މެޗް ފެށުމުގެ ކުރިން ދެ ޓީމްގެ ކުޅުންތެރިން ދަނޑު މަތީގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އަނަންތަރަ ރިސޯޓުގެ ޓާފް ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދާ މި މުބާރާތުގައި މި އަހަރު ޖުމްލަ 7 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ޓީމް އޭދަފުށި ، ކަންޑޯ ، އެފް.ސީ ބާޒް ، ޓީމް މާހޯރަ ، ޓީމް އާރުބީ ، ޑާކާ ކިންގް އަދި ވަލި އުކާ އެވެ.
މި މުބާރާތް ކުރިޔަށް ދާނީ 31 މެއި އިން 14 ޖޫން ގެ ނިޔަލަށެވެ.

ރޭގެ ދެވަނަ މެޗް ފެށުމުގެ ކުރިން ދެ ޓީމް ދަނޑު މަތީގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އަނަންތަރަ ރިސޯޓުން ބުނި ގޮތުގައި “ކިހަވަށް ރަަމަޟާން ފުޓްސަލް ޗެލެންޖް” ގެ ނަމުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހް އާލާކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.