އަމިއްލަފުށީގައި “އަމިއްލަ ޗެންޕިއަންސް” ލީގެއް

އަމިއްލަ ޗެންޕިއަންސް ލީގް މުބާރާތް ހުޅުވުމުގެ ރަސްމީޔާތުގެ ތެރެއިން

ބ.އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ އަމިއްލަފުށި ރިސޯޓުގައި “އަމިއްލަ ޗެންޕިއަންސް ލީގް 2017” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

ރެ އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 6 ޓީމެވެ. މި ޓީމް ތަކަށް ނަން ދީފައިވަނީ ޔޫރަޕްގެ މަޝްހޫރު ކްލަބް ތަކުގެ ނަންތަކެވެ. މުބާރާތުގައި ބައިވެރިވި 6 ޓީމް އަކީ އާސެނަލް ، ޗެލްސީ ، ބާސެލޯނާ ، މެންޗެސްޓަރ ޔުނައިޓެޑް ، ލެއިޗެސްޓަރ ސިޓީ އަދި ރިއަލް މެޑްރިޑްއެވެ.

އަމިއްލަ ޗެންޕިއަންސް ލީގް މުބާރާތް ހުޅުވުމުގެ ރަސްމީޔާތުގެ ތެރެއިން

އަމިއްލަފުށިން މައުލޫމާތު ދިން ގޮތުގައި މި މުބާރާތް ކުރިޔަށްދާނީ ހޯމް އެން އަވޭ އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅެ އެންމެ މަތިން ޕޮއިންޓް ހޯދާ 4 ޓީމް ސެމީ ފައިނަލަށް ދާ ގޮތަށް ކަމަށެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހް އާލާކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ.

މިއީ މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.