ވެސްޓް ވިންގްސް ޕީއެސް 4 (ފީފާ 17) މުބާރާތް ފަށައިފި

ވެސްޓް ވިންގްސް ޕީއެސް 4 (ފީފާ17) މުބާރާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ވެސްޓް ވިންގްސް އޭދަފުށި ޖަމީއްޔާ އިން އިންތިޒާމް ކޮށްގެން ކުރިޔަށްގެންދާ ޕީއެސް 4 (ފީފާ 17) ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

32 ކުޅުންތެރިންނާއެކު މި މުބާރާތް ފަށާފައިވަނީ އިއްޔެ މެންދުރު އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުރިޔަށްދާނީ އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރަންޓްގައި ކަމަށް އެ ޖަމީއްޔާއިން މައުލޫމާތުދެއެވެ.

މި މުބާރާތް ކުރިޔަށްދާނީ މިމަހު 2 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވެސްޓް ވިންގްސް ޕީއެސް 4 (ފީފާ17) މުބާރާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް 3000 ރުފިޔާ އަދި ދެވަނަ އަށް ދާ ފަރާތަކަށް 2000 ލިބޭ އިރު 3 ވަނަ އަށް ދާ ފަރާތަކަށް 1000 ރުފިޔާ ލިބޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މި ގްރޫޕްގެ ފަރާތުން މިދިޔަ އަހަރުވެސް ވަނީ ޕީއެސް 4 (ފީފާ16) ގެ ނަމުގައި މުބާރާތެއް ކުރިޔަށްގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.