އޭދަފުށީގެ 3 ކުޅުންތެރިންނާ، އޮފިޝަލަކާއި އެކު ގައުމީ ޓީމް މިރޭ ދުބާއީއަށް ފުރަނީ

ގައުމީ ޓީމުގެ ޕްރެކްޓިހުގައި ޝާފީ ބައިވެރިވަނީ | ފޮޓޯ:ނިޝާން އަލީ / މިހާރު

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކުޅޭ އެކުވެރި ކަމުގެ މެޗު ކުޅުމަށްޓަކައި އޭދަފުއްޓަށް ނިސްބަތްވާ 3 ކުޅުންތެރިނާއި އޮފިޝަލަކާއި އެކު މިރޭ ދުބާއީއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

ދުބާއިގައި ގައުމީ ޓީމް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ވާދަވެރި އަފްޣާނިސްތާނާ ދެކޮޅަށެވެ. އެ ، މެޗު ކުޅޭނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އަދި އެއަށް ފަހު ބޫޓާން މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގައި ސެންޓޭ ބައިވެރިވަނީ | ފޮޓޯ: އިބްރާހިމް ފާއިދު

މި ފަހަރުގެ 2 މެޗް ކުޅުމަށް ގައުމީ ޓީމް ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި އޭދަފުއްޓަށް ނިސްބަތްވާ 3 ކުޅުންތެރިންނަކީ ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ، މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ފާސިރު (ސެންޓޭ) އަދި ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. އަދި ގައުމީ ޓީމާއެކީ މީޑިއާ އޮފިޝަލެއްގެ ގޮތުގައި ދަނީ އިބްރާހިމް ފާއިދު (ޑޮޑީ)އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގައި ހަމްޕު ބައިވެރި ވަނީ | ފޮޓޯ:ނިޝާން އަލީ / މިހާރު

ގައުމީ ކޯޗު ޑެރަން ސްޓެވާޓް ނެގި 27 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އަށް ކުޅުންތެރިޔަކާއި، ޓީސީ ސްޕޯޓްސް ކްލަބުގެ ތިން ކުޅުންތެރިޔަކާއި، ކްލަބު ވެލެންސިއާގެ ދެ ކުޅުންތެރިޔަކާއި، ކްލަބު އީގަލްސްގެ ހަތަރު ކުޅުންތެރިޔަކާއި، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިޔަކާއި، ނިއު ރޭޑިއަންޓްގެ ހަ ކުޅުންތެރިއެއް އަދި ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިއެކެވެ.

ޓީމްގެ މީޑިއާ އޮފިޝަލެއްގެ ގޮތުގައި އިބްރާޙިމް ފާއިދު (ޑޮޑީ) ވެސް މިރޭ ދުބާއީ އަށް ފުރާނެ | ފޮޓޯ:އަބީދު

މީގެ ކުރިން ރާއްޖޭން އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއް އަމިއްލަ ދަނޑުގައި ފަލަސްތީނާ ދެކޮޅަށް ކުޅެފައިވާއިރު އެމެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.