10 ފަހަރަށް ވޯޓް ލައިގެންވެސް ދޮންފަނު ކައުންސިލަށް ރައީސަކު އިންތިހާބުނުވި

ފޮންފަނު ކައުންސިލަރުން ރޭ މަގާޟުގެ ހުވާ ކުރައްވަނީ. އެރަށު ކައުންސިލަށް އަދިވެސް ރައީސަކު އިންތިހާބު ނުކުރެވޭ.

ދިހަ ފަހަރަށް ވޯޓް ލައިގެން ވެސް ބ. ދޮންފަނު ކައުންސިލަށް ރައީސަކު އިންތިހާބު ކުރެވޭ ގޮތެއް ނުވި އެވެ.

ދޮންފަނު ކައުންސިލަށް މި ފަހަރު ތިން މެމްބަރުން އިންތިހާބުކޮށްފައިވާ އިރު، އެ ތިން މެންބަރުންނަކީވެސް އަމިއްލަ ގޮތުން އިންތިހާބުވި ތިން ކެންޑިޑޭޓުންނެވެ.

ދޮންފަނު ކައުންސިލު އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު ސާލިމް ވިދާޅުވީ، އެރަށު ކައުންސިލަށް އިންތިހާބުވި ތިން ބޭފުޅުންވެސް ރައީސް ކަމަށް ކުރިމަތިލައްވާ ކަމަށެވެ. އެހެންވެ، ވޯޓް ނަގާ ކޮންމެ ފަހަރަކު ވޯޓް އެއްވަރު ވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

“ރޭ ހުވާކުރުމުގެ ރަސްމިއްޔާތު ނިންމުމަށްފަހު 11:15 ގައި ރައީސަކު ހޮވަން ފުރަތަމަ ބައްދަލުވުން ބޭއްވީ. ފުރަތަމަ ފަސް ފަހަރުވެސް ވޯޓްލައިގެން އެއްވަރުވާތީ ކުރިއަށްދާ ގޮތެއްނުވި. ދެން އިތުރަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށްފަހު އެލްޖީއޭގެ މަޝްވާރާގެ މަތިން ރޭ މެދު ކަނޑާލީ،” ސާލިމް ވިދާޅުވި އެވެ.

ސާލިމު ވިދާޅުވި ގޮތުގައި އެ ރަށު ކައުންސިލަށް ރައީސަކު އިންތިހާބު ކުރުމަށް މިއަދުވެސް ފަސް ފަހަރު ވޯޓް ނަގައިގެންވެސް ރައީސަކު އަދި ނައިބް ރައީސަކުވެސް އިންތިހާބު ކުރެވޭނެގޮތެއް ނުވި އެވެ.

“އިތުރަށް ވާހަކަދައްކަން ފުރުސަތު އަރުވައިގެންވެސް އެލްޖީއޭގެ މަޝްވަރާގެ މަތިން މެދު ކަނޑަލީ، ދެން މިއަދު 11 ޖެހިއިރު ފަށައިގެންވެސް ކުރިއަށްގޮސް 5 ފަހަރު ވޯޓް ލައިގެންވެސް އެކަން ވާގޮތެއްނުވި،”

“އެއްވެސް ބޭފުޅަކު ފިކުރު ބަދަލު ކުރާ ހިޔާލެއް ނެތް. ތިން ބޭފުޅުންވެސް ކުރިމަތިލާފަ ތިން ބޭފުޅުންވެސް ތިންބޭފުޅުންނަށް ވޯޓް ދެނީ. އެހެންވީމަ ކުރިއަށް ނުގޮސްގެން އެލްޖީގެ ލަފައަކާއެކު، މިހާރު މިވަގުތަށް މިއޮތީ ޖަލްސާ މެދު ކަނޑާލާފައި،”

ދޮންފަނު ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލަށް ރައީސަކު ހޮވުން ދެން ކުރިއަށްދާނީ އެލްޖީއޭގެ ލަފާގެ މަތިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.