ސެން ކުދިންނާއެކު މައިނާ ފައުންޑާސް ޑޭ: އުފާވެރި ވަގުތެއް!

ސެން ކުދިންނާއެކު މައިނާ ފައުންޑާސް ޑޭ ފާހަގަކުރަން އަނަންތަރާއިން އިއްޔެ ބޭއްވި ހަރަކާތުގައި އޯޓިސްޓް ކުދިންތަކެއް ކުރަހަނީ. / ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

އަންނަތަރާ ރިސޯޓްގެ އިޖުތިމާއީ ޒިންމާގެ ދަށުން، މި އަހަރުގެ މައިނާ ފައުންޑާސް ޑޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެން ކުދިންނާއެކު އިއްޔެ ފާހަގަކޮށްފި އެވެ.

އަނަންތަރާ ބްރޭންޑުގެ ރިސޯޓްތައް ހިންގާ ކުންފުނިން މި ދުވަސް ފާހަގަ ކުރަނީ އެ ކުންފުނީގެ ވެރިޔާގެ އުފަންދުވަހާ ގުޅުވައިގެންނެވެ.

އިއްޔެ ފާހަގަކުރި މައިނާ ފައުންޑާސް ޑޭ އާ ގުޅިގެން، ބ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާށް ރިސޯޓުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ އެކު ބޭއްވި ހަރަކާތްތަކުގައި އެ ކުދިންގެ އާއިލާގެ މެމްބަރުން ބައިވެރިވިއިރު ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ މަންޒަރެވެ.

ސެން ކުދިންނާއެކު މައިނާ ފައުންޑާސް ޑޭ ފާހަގަކުރަން އަނަންތަރާއިން އިއްޔެ ބޭއްވި ހަރަކާތުގައި ސެން ކުދިންނަށް ހަދިޔާ ދެނީ. / ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ސެން ކުދިންނާއެކު މައިނާ ފައުންޑާސް ޑޭ ފާހަގަކުރަން އަނަންތަރާއިން އިއްޔެ ބޭއްވި ހަރަކާތުގައި ސެން ކުދިންނަށް ހަދިޔާ ދެނީ. / ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ރޯދަ ވީއްލުމުގެ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ކުދިންނަށް ވަނީ ތަފާތު ހަދިޔާ ދީފަ އެވެ.

އިއްޔެގެ އެ ހަރަކާތުގެ ތެރޭގައިި ސެން ކުދިން ވަނީ އެ ކުދިންގެ ހުނަރު ދައްކުވައިދޭނެ ތަފާތު މަންޒަރުތައް ކުރަހައިފަ އެވެ.

ސެން ކުދިންނާއެކު މައިނާ ފައުންޑާސް ޑޭ ފާހަގަކުރަން ފާހަގަކުރުން. / ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

އަނަންތަރާ ރިސޯޓްގެ އެޗްއާރު އެގްޒެކެޓިވް އިސްމާއިލް ޝަހީމު ވިދާޅުވީ މައިނާ ފައުންޑާސް ޑޭ އާއި ގުޅުވައިގެން މުޖުތަމަޢުއަށް ފައިދާހުރި ތަފާތު އެކި ޙަރަކާތްތައް ކޮންމެ އަހަރަކުވެސް ރާވަމުންދާ ކަމަށެވެ.

“މައިނާ ފައުންޑާސް ޑޭ، މިފަހަރު އޯޓިޒަމް ކުދިންނާއެކު ހޭދަކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް، އިސްމާއިލް ވިދާޅުވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ފާހަގަކުރެއްްވި ގޮތުގައި، އޯޓިސްޓިކް ކުދިންނަކީ ވެސް މުޖުތަމައުގެ އަޅާލުން ބޭނުންވާ ކުދިން ކަމަށާއި އެހެންކަމުން އެ ރިސޯޓުން އެ ކުދިންނަށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެހީތެރިކަމަށް ވަނީ ޝުކުރު ދަންނަވައިފަ އެވެ.

ސެން ކުދިންނާއެކު މައިނާ ފައުންޑާސް ޑޭ ފާހަގަކުރަން އަނަންތަރާއިން އިއްޔެ ބޭއްވި ހަރަކާތުގައި ކޭކު ފަޅަނީ / ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މައިނާ ހޮޓެލްސް އިން އެ ކުންފުނީގެ ހަ ބްރޭންޑްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 146 ހޮޓާ ހިންގާއިރު އެ ކުންފުނިން ރާއްޖޭގައި ހަތަރު ރިސޯޓު ހިންގައެވެ.

ސެން ކުދިންނާއެކު މައިނާ ފައުންޑާސް ޑޭ ފާހަގަކުރަން އަނަންތަރާއިން އިއްޔެ ބޭއްވި ހަރަކާތުގައި ސެން ކުއްޖަކު ކުރެހި ކުރެހުމެއް ދައްކާލަނީ. / ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ސެން ކުދިންނާއެކު މައިނާ ފައުންޑާސް ޑޭ ފާހަގަކުރަން އަނަންތަރާއިން އިއްޔެ ބޭއްވި ހަރަކާތުގައި ސެން ކުދިންތަކެއް ކުރަހަނީ. / ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.