11 ވަނަ ފަހަރަށް ވޯޓްލައިގެން ދޮންފަނު ކައުންސިލުގެ ރައީސް ހޮވައިފި

ފޮންފަނު ކައުންސިލަރުން ރޭ މަގާމުގެ ހުވާ ކުރައްވަނީ.

11 ވަނަ ފަހަރަށް ވޯޓް ލައިގެން ބ. ދޮންފަނު ކައުންސިލުގެ ރައީސް ކަމަށް އަލީ ރަޝީދު ހޮވައިފި އެވެ.

އެރަށު ކައުންސިލުގެ ރައީސަކު ހޮވަން އިއްޔެ ދިހަ ފަހަރު ވޯޓު ލައިގެން ވެސް އެކަން ވަނީ ނުވެ އެވެ. ވޯޓްލާ ކޮންމެ ަހަރަކުވެސް، ކޮންމެ މެމްބަރަކު ވެސް ވޯޓު ދެއްވީ އަމިއްލަ ނަމަށެވެ.

މިއަދު ބޭއްވި ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް ކަމަށް އަލީ ރަޝީދު ހޮވިވަޑައިގަތީ ތިން ކައުންސިލަރުންގެ ވެސް ވޯޓުންނެވެ.

އަމިއްލަ ގޮތުން ހޮވިވަވަޑައިގެން މި ތިން ކައުންސިލަރުންގެ ތެރެއިން ނައިބު ރައީސްއަކަށް ހޮވީ ހުސެން ހަފީޒެވެ.

ސާލިމް ވިދާޅުވީ އިއްޔެ ދިހަ ފަހަރު ވޯޓުލައިގެން ވެސް ރައީސަކު ހަމަނުޖެހުމުން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލލަފާ ދިނީ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރުމަށް ކަމަށް ކަމަށެވެ.

“ދެން އަޅުގަނޑުމެން ބޭރަށް ނިކުމެ، މަޝްވަރާކޮށްގެން ވަކި ގޮތެއް ނިންމީ،” ސާލިމް ވިދާޅުވި އެވެ.

ކައުންސިލަށް ރައީސަކު ހޮވަން އެންމެ ފުރަތަމަ ވޯޓުލީ، ހުވާކުރުމުގެ ރަސްމިއްޔާތު ނިންމުމަށް ފަހު، އެ ރެ އެވެ. އެރޭ ފަސް ފަހަރު ވޯޓުލުމުން ވެސް އެއްވަރުވާތީ، މަޝްވަރާ އަށް ފަހު އަލުން ވޯޓުލީ އިއްޔެ އެވެ. އެކަމަކު އިއްޔެ ވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.