ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

ކަމަދޫ ކައުންސިލް

ރައީސްކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން، ބ. ކަމަދޫ ކައުންސިލްގެ ނައިބު އަލީ މައުސޫމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެ ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ ޝަރީފް ވިދާޅުވި ގޮތުގައި ކައުންސިލަރު ކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން، އެމްޑީޕީ މެމްބަރު މައުސޫމް އިސްތިއުފާ ދެއްވީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވުމަށް ފަހު އެވެ.

އޭނާ ވިދާޅުވީ މިދިޔަ ދައުރުގައި ވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި މައުސޫމް އިސްތިއުފާ ދެއްވީ “އިދާރީ މުވައްޒަފުންގެ އާއިލީ މެމްބަރުންގެ ކެމްޕޭނު ޖަގަހައެއް”ގެ ގޮތުގައި ކައުންސިލް އިދާރާ ބޭނުން ކުރާ ކަމަށް ވިދާޅުވެ ކަމަށެވެ.

“އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނޭނގޭ ކޮން ކެމްޕޭނުގެ ވާހަކައެއް ކަމެއް މިއީ. އާއްމު ގޮތެއްގައި މި ފަދަ ތުހުމަތުތައް ކުރައްވަނީ އިންތިހާބުން ބަލިވާ މީހުން،” އަލީ ޝަރީފް މިހާރަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ތެރޭގައި ވެސް އަދި ހުވާ ކުރުމާ ހަމައަށް ވެސް މައުސޫމާއި ކައުންސިލްގެ އެއްވެސް މުވައްޒަފަކާ މެދު މައްސަލަ ޖެހިފައި ނުވާ ކަމަށެވެ.

އަލީ ޝަރީފު ވިދާޅުވީ އިސްތިއުފާ ދެއްވުމުގެ ކުރިން، މިއަދުން ފެށިގެން މައުސޫމު ޗުއްޓީއަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން، ކައުންސިލަރަކު އިސްތިއުފާ ދެއްވައިފި ނަމަ، އެ މަގާމަށް މީހަކު އައްޔަން ކުރުމަށް ބައި އިލެކްޝަން ބާއްވަން ޖެހޭނެ އެވެ.

ކަމަދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީޕީއެމް އަދި އެމްޑީޕީގެ ދެ މެމްބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.