ޒޯން ފައިނަލް ބުރު ބާއްވަން އޭދަފުށިން ބިޑްކޮށްފި

މިނިވަން ޗެންޕިއަންޝިޕްގައި މި އަހަރުގެ ބ.އަތޮޅު މުބާރާތުގައި އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލްބުރުގެ މެޗްތައް އޭދަފުށީގައި ބާއްވައިދިނުމަށްއެދި އޭދަފުށި ކައުންސިލުން އެފްއޭއެމަށް ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.

މި މަހުގެ 30ވަނަ ދުވަހު ފަށާގޮތަށް ޝެޑިއުލްކޮށްފައިވާ މި މުބާރާތުގެ މެޗުތައް އޭދަފުށީގައި ބޭއްވުމަށް ރަށުކައުންސިލުން އެފްއޭއެމަށް ހުށަހެޅީ އިއްޔެ އެވެ. 8 ޒޯންގެ ޗެމްޕިއަނުން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭގޮތަށް ރާވާފައިވާ މި މުބާރާތުގެ މެޗުތައް ބާއްވާނީ މުބާރާތުގައިި ބައިވެރިވާ ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު އެފްއޭއެމުން ކަނޑައަޅާ ދެ ރަށެއްގައެވެ.

އޭދަފުށި ކައުންސިލުން މައުލޫމާތު ދިންގޮތުގައި މުބާރާތް ބާއްވަން އެދި ހުށަހަޅާފައިވާ ޕްރޮޕޯސަލުގައި ގިނަ ކަންތައްތަކެއް ކައުންސިލްގެ ފަރާތުން ހަމަޖައްސައިދޭނެކަމަށް ބަޔާންކޮށްފައިވާނެ ކަމަށާއި، މުބާރާތް އޭދަފުށީގައި ބޭއްވޭނެ ކަމާމެދު ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން “އީޓީ” އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގިނަ ކަންތައްތަކެއް ކޮށްދޭގޮތަށް ކައުންސިލްގެ ފަރާތުން ޕްރޮޕޯސަލް ހުށަހެޅީ މުބާރާތް އޭދަފުށީގައި ބާއްވަން ރަށުގެ ގިނަ ބަޔަކު ބޭނުންވާނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

“މި ދިޔަ ދެއަހަރުވެސް އޭދަފުށި ޓީމް ދާންޖެހުނީ ރަށުން ބޭރަށް. އެއީ އެކަމަކު އެހާ ފަސޭހަކަމެއް ނޫން. ކުޅުންތެރިން އެކުޅެދެނީ ހަމަ ހިލޭ ސާބަހަށް. ބައެއް ކުޅުންތެރިން ޗުއްޓީ ނަގައިގެން. އެހެންވީމަ އެކުޅުންތެރިންނަށް ތަންކޮޅެއް ފަސޭހަގޮތެއްވެސް އެބަ ހޯދަންޖެހޭ. ތޮލާލް ވިދާޅުވިއެވެ.

ތޮލާލް އިތުރަށް ވިދާޅުވިގޮތުގައި މުބާރާތް އޭދަފުށީގައި ބޭއްވޭގޮތް ވެއްޖެނަމަ އިގްތިސޯދީ ގޮތުންވެސް ރަށަށް ގިނަ ފައިދާތަކެއް ކުރާނެއެވެ.

“މުބާރާތުގައި ބައިވެރިވާ ރަށްރަށުގެ ސަޕޯޓަރުން މެޗްތައް ބަލަން ގިނަ އަދަދަކަށް އަންނާނެކަމަށް މި ބަލަނީ. އެހެންވެއްޖެ ކަމަށް ވަންޏާ އެއީ ރަށުގެ ވިޔަފާރިތަކަށްވެސް ލިބޭނެ ކުރިއެރުމަކަށް ވާނެ

ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފައިނަލް ބުރުން އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމް ދެން ކޮލިފައިވާނީ މިއަހަރު ފަހުކޮޅު މާލޭގައި އޮންނަ ދިވެހި ޕްރިމިއަރ ލީގަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.