އަނަންތަރާ ފުޓްސަލް ޗެލެންޖް ޓީމް އޭދަފުށި ކާމިޔާބުކޮށްފި

އަނަންތަރާ ފުޓްސަލް ޗެލެންޖްގް ޗެންޕިއަން ޓީމް ( ޓީމް އޭދަފުށި) | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި އަތޮޅު އަނަންތަރާ ކިހާވައް ވިލާސް ރިސޯޓުގައި މި ރޯދަމަހު ކުރިއަށް ގެންދިޔަ ކިހާވައް ރަމަޟާން ކްލަބް ފުޓްސަލް ޗެލެންޖް ޓީމު އޭދަފުށިން ކާމިޔާބު ކޮށްފިއެވެ. ރޭ އެ ރިސޯޓުގައި ކުޅުނު ފައިނަލް މެޗުގައި ޓީމް އޭދަފުށި މެޗު ކާމިޔާބު ކުރީ އެފްސީ ވަޅިއުކާ ޓީމާއި ވާދަކޮށް ޕެނަލްޓީގައި 7-6 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެޓީމު 4-4 އިން އެއްވަރު ވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އެފްސީ ވަޅިއުކާ ޓީމުންނެވެ. ނަމަވެސް ޓީމު އޭދަފުށިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ފަހަތުން އަރައި ދެގޯލު ކާމިޔާބު ކޮށްފައެވެ. ދެވަނަ ހާފުގައި އެފްސީ ވަޅިއުކާއިން އެޓީމުގެ ކުޅުން ރަގަޅުކޮށް މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކޮށްލިއެވެ. ނަމަވެސް މެޗުގެ ފަހު މިނިޓުގައި އޭދަފުށީ ޓީމުގެ އިސްމާޢީލް ޝާކިރު ޖެހި ގޯލާއެކު މެޗު ނިމުނީ ދެޓީމު އެއްވަރު ވެގެންނެވެ.

އަނަންތަރާ ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ޕެނަލްޓީގައި ޓީމު އޭދަފުށިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އެފްސީ ވަޅިއުކާ ޓީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. މި ދެ ޕެނަލްޓީވެސް ޓީމު އޭދަފުށީގެ ގޯލްކީޕަރ އަޙްމަދު ހަލީމް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޓީމު އޭދަފުށީގެ އިސްމާޢީލް ޝާކިރު އާއި އިސްމާޢީލް ފައުޒީ އަދި އަޙްމަދު ހަލީމްގެ އިތުރުން ޓީމު އާރުބީގެ ޙުސައިން ނަޒީހް އާއި އެފްސީ ވަޅިއުކާ ޓީމުގެ އަޙްމަދު ސާޖިދު އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ޖުމްލަ 32 ގޯލާއެކު ހޯދީ ޓީމު އޭދަފުށީގެ އިސްމާޢީލް ޝާކިރުއެވެ.

އަނަންތަރާ ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގައި އެ ރިސޯޓުން ޖުމްލަ 7 ޓީމެއް ވާދަކުރިއެވެ. މިއީ ކޮންމެ އަހަރެއްގެވެސް ރަމަޝާން މަހާ ދިމާކޮށް އެ ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމު އޭދަފުށީގައި، ކުޅުންތެރިންގެ އިތުރުން މެނޭޖްމަންޓުގައިވެސް ހިމަނާފައިވަނީ އެރިސޯޓުގައި ވަޒީފާ އަދާކުރާ އޭދަފުއްޓަށް ނިސްބަތްވާ މުވައްޒަފުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.